މިއަދު ބޭއްވި 18 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބްގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ފަސް ގޮނޑި އިދިކޮޅު އެމްޑީޕީ އަށް ލިބިފައިވާއިރު ވެރިކަން ކުރާ ޕީޕީއެމްއަށް ލިބިފައިވަނީ ދެ ގޮނޑި އެވެ.
އެމްޑީޕީން ކާމިޔާބްކޮށްފައި ވަނީ ހިތަދޫގެ ތިން ގޮނޑިއާއި މަރަދޫގެ ގޮނޑީގެ އިތުރުން މީދޫ ދާއިރާ އެވެ. ފޭދޫ އަދި ހުޅުދޫ ގޮނޑި ކާމިޔާބްކޮށްފަ އިވަނީ ޕީޕީއެމުންނެވެ.
ރޮޒެއިނާ އަށް 445 ވޯޓު ލިބިފައިވާ އިރު ދެވަނަ އަށް އެންމެ ގިނަ ވޯޓު ހޯދާފައި ވަނީ އަމިއްލަ ގޮތުން ކުރިމަތިލެއްވި އަލީ ނިޒާރު އެވެ.
ނިޒާރަށް 33 ވޯޓު ލިބިފައިވާ އިރު ޖުމްހުރީ ޕާޓީގެ އަބްދުﷲ ހާނީ އަށް ލިބިވަޑައިގެންފައި ވަނީ 213 ވޯޓެވެ. އަދާލަތު ޕާޓީގެ ހިޝާމަށް 265 ވޯޓު ލިބިފައިވާ އިރު އަމިއްލަ ގޮތުން ނިކުންނެވި މުހައްމަދު ފަރުހާދަށް ލިބުނީ 14 ވޯޓެވެ.
ހުޅުދޫ ދާއިރާގެ މިހާރުގެ މެމްބަރު އިލްޔާސް ލަބީބް ބަލިކޮށް ޕީޕީއެމްގެ މުހައްމަދު ޝާހިދް (ޝާޑް) ވަނީ 478 ވޯޓު ހޯދާފައެވެ. އިލްޔާސް ލަބީބްއަށް ލިބިވަޑައިގެންފައި ވަނީ 308 ވޯޓެވެ.
ފޭދޫ ދާއިރާގެ ވަގުތީ ނަތީޖާއިން ޕީޕީއެމްގެ އިބްރާހިމް ދީދީ އަށް ވަނީ 526 ވޯޓު ލިބިފަ އެވެ. އެމްޑީޕީގެ މުހައްމަދު ނިހާދަށް 433 ވޯޓު ލިބިފައިވާ އިރު އަމިއްލަ ގޮތުން ނިކުންނެވި އިމާދު ސޯލިހަށް ލިބިފައި ވަނީ 91 ވޯޓެވެ. ފޭދޫ ދާއިރާގެ މިހާރުގެ މެމްބަރު އަލްހާންއަށް ލިބިވަޑައިގަތީ އެންމެ 32 ވޯޓެވެ.
މަރަދޫ ދާއިރާއިން އެމްޑީޕީގެ އިބްރާހިމް ޝަރީފް(މަވޯޓާ) ކުރި ހޯއްދެވީ 529 ވޯޓުންނެވެ. މަރަދޫ ދާއިރާގެ މިހާރުގެ މެމްބަރު ހަސަން އާދިލްއަށް 387 ވޯޓު ލިބިވަޑައިގެންފައިވާ އިރު އަމިއްލަ ގޮތުން ނިކުންނެވި ޝެރީނާ އަބްދުއް ސަމަދު ވަނީ 214 ވޯޓު ހޯއްދަވާފަ އެވެ.
އަމިއްލަ ކެންޑިޑޭޓް ސިއްދީގްއަށް 90 ވޯޓު ލިބިވަޑައިގެންފައިވާއިރު އަމިއްލަ ގޮތުން ނިކުންނެވި ބަދޫރާ އަށް 13 ވޯޓު ވަނީ ލިބިފަ އެވެ.
ހިތަދޫ ދެކުނު ދާއިރާއިން މިހާރުގެ މެމްބަރު ހަސަން ލަޠީފްގެ މައްޗަށް އެމްޑީޕީގެ އަލީ ނިޒާރު ކުރި ހޯއްދެވީ 356 ވޯޓުންނެވެ. ހަސަން ލަޠީފްއަށް ލިބިލެއްވީ 279 ވޯޓެވެ. ޑރ. އަލީ ޝަރީފްއަށް 46 ވޯޓު ލިބިލެއްވި އިރު ޗާނދަލިއާ އަހުމަދު ހަސަން ވަނީ 55 ވޯޓު ހޯއްދަވާފަ އެވެ. މުހައްމަދު ރިއާޒަށް ލިބުނީ އެންމެ ދެ ވޯޓެވެ.
ހިތަދޫ މެދު ދާއިރާ ރިޓަޔަޑް ބްރިގެޑިއާ އިބްރާހިމް ދީދީ ކާމިޔާބް ކުރެއްވީ ޕީޕީއެމްގެ ހިޔަލީ މުހައްމަދު ރަޝީދު ދެރަކޮށްފައެވެ. އިބްރާހިމް ދިދީއަށް 657 ވޮޓު މިހާތަނަށް ލިބިވަޑައިގެންފައިވާ އިރު ހިޔަލީއަށް ލިބިވަޑައިގެންފައި ވަނީ 628 ވޯޓެވެ. އަމިއްލަ ގޮތުން ވާދަކުރެއްވި ހުސެއިން ސާލިހް އަށް ލިބުނީ 340 ވޯޓެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮޑި މުހައްމަދު އަސްލަމް ދިފާއުކޮށްފައިވަނީ 962 ވޯޓުންނެވެ. ޕީޕީއެމްގެ އަލީ އިބްރާހިމަށް ލިބުނީ 884 ވޯޓެވެ.
ރިސޯޓް ތަކާއި ސިނާއި މަސައްކަތް ކުރާ ސަރަހައްދުތަކުގައި ބަހައްޓާފައި ހުރި ވޯޓު ފޮށިތަކުގެ ނަތީޖާ އާ އެކު ބައެއް ބަދަލުތައް އައުމަކީ އެކަށީގެންވާ ކަމެކެވެ.