ކުރީގެ ރައިސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު އެއްޖިންސުން ގުޅުން ހިންގި ތުހުމަތުގައި ހައްޔަރުކުރި ވާހަކަ ބައެއް ގައުމުތަކުގެ މީޑިއާތަކުން ވެސް ގެނެސްދީފި އެވެ.
އެގޮތުން ސްރީ ލަންކާ އާއި އިންޑިއާގެ ބައެއް ނޫސްތަކުގައި ނާޒިމް ހައްޔަރުކުރުމާ ގުޅިގެން ނަޝީދު ކުރެއްވި ޓްވީޓްގެ ވާހަކަ ވެސް ގެނެސްދީފައިވެ އެވެ. އެ ޓްވީޓްގައި ނަޝީދު ވިދާޅުވީ އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުކޮށް ކޮއްކޮ ހައްޔަރުކުރީ ސަރުކާރުގެ ތެރޭގައި ތިބި ދީނީ ހަރުކަށި ފިކުރުގެ ބަޔަކު ރުއްސަން ކަމަށެވެ.
Maldives Speaker Mohamed Nasheed’s brother Ahmed Nazim Abdul Sattar, has been arrested on suspicion of engaging in homosexual acts. Read the full story here https://t.co/5n5ahJk7Et
via @colombogazette #Srilanka #lka #Maldives #Nasheed— Colombo Gazette (@colombogazette) July 28, 2022
ލަންކާ އާއި އިންޑިއާގެ މީޑިއާތަކުގައި ގެނެސްދީފައިވާ ޚަބަރުތަކުގައި ނާޒިމްގެ އިތުރުން އިތުރު ތިން މީހަކު ވެސް ހައްޔަރުކޮށްފައިވާ ކަމަށާއި އެ މީހުން ހައްޔަރުކުރީ އެމްޑީ އަލަމްގީރް ކިޔާ މީހަކާ އެއްޖިންސުން ގުޅުން ހިންގި މަންޒަރު ފެންނަ ވީޑިއޯތަކެއް ވެސް އާންމުވުމާ ގުޅިގެން ކަމަށް ބުނެފައިވެ އެވެ.
ކޮލޮމްބޯ ގެޒެޓްގައި ބުނެފައި ވަނީ އަލަމްގީރަކީ މާލޭގައި ހަށިވިއްކަން އުޅޭ ފިރިހެނެއް ކަމަށެވެ.
ނަޝީދުގެ ކޮއްކޮ ހައްޔަރުކުރި ވާހަކަ ލަންކާގެ މީޑިއާތަކުގައި ގެނެސްދީފައިވާ އިރު، ނަޝީދަކީ ދާދި ފަހުން ލަންކާގެ މީޑިއާތަކާއި އާންމު ރައްޔިތުންގެ ފާޑުކިޔުންތައް ވެސް ވަރަށް ބޮޑަށް އަމާޒުވި ބޭފުޅެކެވެ. އެއީ އެ ގައުމުގެ ކުރީގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސަ މި މަހުގެ 13 ގައި ގައުމުން ފިއްލަވައިގެން ރާއްޖެ އަށް ވަޑައިގެންނެވި އިރު، އެކަމަށް މަގުފަހިކޮށް ދެއްވުމުގައި ނަޝީދު އިސް ރޯލެއް އަދާކުރެއްވުމާ ގުޅިގެންނެވެ.
Maldives: Former President Mohamed Nasheed’s brother arrested over homosexuality charges, Nasheed says it is to appease Islamic hardlinershttps://t.co/9wkdZyABqE
— OpIndia.com (@OpIndia_com) July 29, 2022
އެކަމާ ގުޅިގެން އޭރު ލަންކާގެ ބައެއް އާންމުން ބުނެފައި ވަނީ ނަޝީދު ދެން ލަންކާ އިން ފެމިއްޖެ ނަމަ އެ މަނިކުފާނާ ދިމާއަށް ގައު އުކާނެ ކަމަށެވެ.
ގޮޓަބަޔާ ފަހުން ސިންގަޕޫރަށް ވަޑައިގެން މި މަހުގެ 14 ގައި އިސްތިއުފާދެއްވިކަން ރަސްމީކޮށް އިއުލާންކުރެއްވުމުގެ ކުރިން ޓްވިޓާގައި ވެސް އެ ވާހަކަ ފުރަތަމަ އާންމުކުރެއްވީ ނަަޝީދެވެ. އެކަމާ ގުޅިގެން ވެސް ލަންކާގެ އެތައް ބައެއްގެ ފާޑުކިޔުންތައް ނަޝީދަށް އަމާޒުވި އެވެ.
ނަޝީދަކީ އަމިއްލަ އަށް އެދިވަޑައިގެން ލަންކާ އަށް ބޭރުގެ އެހީ ހޯދައި ދޭން މެދުވެރިއެއްގެ ރޯލު އަދާކުރައްވަން ލަންކާ ސަރުކާރުން މެއި މަހުގެ ތެރޭގައި ހަމަޖައްސަވާފައިވާ ބޭފުޅެކެވެ.