Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

އަނިޔާވެރިވި އެންމެންނަށް މާފުކޮށްފިން: ވަހީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު، އެ މަނިކުފާނު ދެއްކެވި ވާހަކަތައް ގަބޫލުކޮށްގެން އަނިޔާދިން މީހުންނަށް މައާފުކުރައްވާ ކަމަށް ނަޝީދުގެ ވެރިކަމުގައި ނައިބު ރައީސްކަން ކުރެއްވި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ވަހީދަކީ ނަޝީދު ފެބްރުއަރީ 7، 2012 ގައި އިސްތިއުފާ ދެއްވުމުން ދައުރުގެ ބާކީ ރައީސްގެ މަގާމު ފުރުއްވި ބޭފުޅާ އެވެ. އެކަމާ ގުޅިގެން ވެރިކަން ވައްޓާލަން ރައީސް ވަހީދު ބަގާވާތްކުރެއްވި ކަމަށް ބުނެ އެމްޑީޕީގެ ވަރަށް ގިނަ ބަޔަކު ޑރ. ވަހީދަށް ފުރައްސާރަކޮށްފައި އެވެ. އަދި "ބާގީ" އާއި "ކަޅު ކާޅު" ގެ ފަދަ ލަގަބު އެ މަނިިފާނަށް ނިސްބަތްކޮށްފައިވެ އެވެ.


އާއިލާއަށާއި ނަފުސަށް އަނިޔާ ދިން މީހުންނަށް މާފުކުރެއްވި ކަމަށް ޑރ. ވަހީދު ވިދާޅުވެފައި މި ވަނީ މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޒުވާން އަންހެނަކާ އެކީ ޒިނޭކުރެއްވި ކަމަށް ތުހުމަތުކޮށް، އެކަމަކުގެ ހެކި ފޮޓޯގެ ގޮތުގައި ވެސް އެބަހުރި ކަމަށް ނަޝީދު ރޭ ވިދާޅުވުމާ ގުޅިގެން މީހަކު ކުރި ޓްވީޓަކާ ގުޅިގެންނެވެ.

ވަލީއުއްދީން ޕުޓިންގެ ނަމުގައި އިން އެކައުންޓަކުން ކުރި ޓްވީޓެއްގައި ބުނީ ނަޝީދުގެ އަމަލުތައް މ،ިރު ހުރި ގޮތުން މިއަދު ކޮންޓްރޯލުން ނެއްޓިފައިވާ މީހަކާ އެކީ ރައީސް ވަހީދަށް ވެރިކަން ކުރައްވަން ކިހާ އުނދަގޫ ކަމަކަށް ވާނެކަން އިހުސާސްކުރެވޭ ކަމަށެވެ. އެހެންވެ ބާގީ އަށް ގޮވުނީތީ މައާފަށް އެދޭ ކަމަށް އޭނާ ބުންޏެވެ.

މީގެ ރައްދުގައި ޑރ. ވަހިދު ވިދާޅުވީ ނަޝިދު އިސްތިއުފާ ދެއްވުމަށް އުފެއްދެވި ދޮގު ނެރޭޓިވް ގަބޫލުކޮިށް އެ މަނިކުފާނަށާއި އާއިލާ އަށް އަނިޔާވެރި ބަސްތަކާއި އަމަލުން ރައްދުކުރި ފަރާތްތަކަށް މައާފުކުރައްވާ ކަމަށެވެ.

"އަދި އަޅުގަނޑުގެ ރައިސްކަމުއި އެއްވެސް ފަރާތަކަށް ނުހައްގުން އަނިޔާއެއް ލިބުނު ނަމަ މައާފުކުރެއްވުން އެދެން." ވަހީދު ވިދާޅުވބޮ އެވެ.