Last Updated: April 20, 11:32
Saturday, April 20, 2024
ޚަބަރު

މުޅި ރާއްޖެ އަށް މޫސުން ގޯސް

މުޅި ރާއްޖެ އަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭ ވެހޭނެތީ ވައިޓް އެލާޓް ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން އެ އެލާޓް ނެރެފައި ވަނީ ހެނދުނު 6:00 އިން ފެށިގެން މެންދުރު 12:00 އާ ހަމައަށެވެ. އެ ވަގުތުގެ ތެރޭގައި ބޯކޮށް ވާރާ ވެހުމާ އެކީ ގުގުރައި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.

ރާއްޖެ އަށް ޖޫން/ޖުލައިގެ ވިއްސާރަކުރަމުން އަންނަ އިރު، މޫސުން ގޯސްވެ ބައެއް ރަށްރަށަށް އުދަ ވެސް އަރައި ބޮޑެތި ގެއްލުންތަކެއް މި މަހުގެ ކުރީކޮޅު ލިބިފައިވެ އެވެ.

މޫސުން ގޯސްވެފައިވާތ ކަމާބެހޭ އިދާރާތަކުން އަންނަނީ ކަނޑު ދަތުރުފަތުރުކުރުމުގައި ވެސް ސަމާލުކަންދޭން އިލްތިމާސްކުރަމުންނެވެ. މި ދޭތެރެއިން ވެސް ކަނޑުމަތީގެ ގިނަ ހާދިސާތަކެއް ހިނގާފައިވެ އެވެ.