Last Updated: May 10, 06:02
Friday, May 10, 2024
ޚަބަރު

ރައީސް އެންމެ ރަނގަޅަށް އެނގޭނެ އެކަކީ ނަޝީދު

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ހަގީގަތް އެންމެ ރަނގަޅަށް އެނގޭނެ އެކަކީ މުހައްމަދު ނަޝީދު ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

އޭނާ މި ގޮތަށް ވިދާޅުވީ ރައީސް ޒުވާން އަންހެނަކާ އެކީ ޒިނޭކުރެއްވި ކަމަށާއި އެކަމުގެ ފޮޓޯތަކެއް ވެސް އެބަހުރި ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ. ޖަމީލު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަޝީދުގެ އެ ވާހަތަކަށް ކޮންމެހެން ތާއީދުކުރައްވަނީ ނޫން ކަމަށާއި އެކަމަކު އެފަދަ ތުހުމަތެއް ރައީސްގެ ބޮލުގައި އެޅުވީ އެ މަނިކުފާނު އެންމެ ރަނގަޅަށް އެނގިވައިގަންނަވާނެ އެކަކު ކަމަށެވެ.

ޖަމީލު ފާހަގަކުރެއްވި ގޮތުގައި ރައީސް ސޯލިހާއި ނަޝީދަކީ އެކީގައި އުޅެބޮޑުވި ދެ ބޭފުޅުންނެވެ.

"މިހާތަނަށް އެހެން ލީޑަރުންގެ މައްޗަށް ތުހުމަތުތައް ކުރުން ދީނީ ގޮތުން އޯކޭ؟ އެމްޑީޕީ އެނގިތި ބެ ރައީސް ސޯލިހުގެ ދިފާޢުގައި ކަނޑި ނެގުމަކީ މުނާފިޤްކަން ނޫން ކޮން ކަމެއްބާ؟" އޭނާ ވިދާޅުވި އެވެ.

ރައީސްގެ މައްޗަށް ނަޝީދު ޒިނޭގެ ތުހުމަތުކުރެއްވީ އެއްޖިންސުން ގުޅުން ހިންގި ތުހުމަތަށް ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހައްޔަރުކޮށްފައި ވަނިކޮށެވެ. އަދި އެކަމާ ކޯފާއިސްކުރައްވައި އެ މަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހު އެކަން ކުރެއްވީ ސަރުކާރުގެ ތެރޭގައި ތިބި ހަރުކަށި ފިކުރުގެ ބަޔަކު ރުއްސަން ކަމަށެވެ.

ރައީސަށް ނަޝީދު ކުރެއްވި ތުހުމަތު ސަރުކާރުން ދޮގުކޮށްފައިވާ އިރު، އިދިކޮޅުން ވަނީ އެ މައްސަލަ ފުލުހުން ބެލުމަށާއި ރައީސް ސޯލިހު މިހާރުން މިހާރަށް މަގާމުން އެކަހެރިވެވަޑައުގަތުމަށް ގޮވައިލަމުންނެވެ.