Last Updated: July 1, 20:24
Tuesday, July 1, 2025
ރިޕޯޓް

މީދޫ ދާއިރާގެ ފުރަތަމަ ގޮނޑިއަށް ރޮޒެއިނާ!

ރައްޔިތުންގެ މަޖިލިސްއަށް އަލަށް އައްޑޫއަށް ލިބުނު މީދޫ ދާއިރާގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓް ރޮޒައިނާ އާދަމް ކާމިޔާބްކޮށްފި އެވެ.

މީދޫ/މަރަދޫފޭދޫ ދާއިރާ ހިމަނައިގެން ހެދި މީދޫ ދާއިރާގެ ގޮނޑި ރޮޒެއިނާ ކަށަވަރުކޮށްފައި ވަނީ 826 ވޯޓުންނެވެ.
ރޮޒެއިނާ އާ އެންމެ ވާދަކޮށްފައި ވަނީ މަރަދޫފޭދޫގެ ބޮޑު ކަތީބްކަން ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި އަލީ ނިޒާރެވެ. ނިޒާރު ވަނީ 520 ވޯޓު ހޯދައިފަ އެވެ.

ރޮޒެއިނާ މީދޫ ދާއިރާގެ ގޮނޑި ކާމިޔާބް ކުރީ ޕާޓީ ޕްރައިމަރީގައި މީދޫ އަރިވަރު ޝަހީމް އާއި މަރަދޫފޭދޫ ޟިރާރު ބަލިކޮށް ޕާޓީ ޓިކެޓް ހޯއްދެވުމަށް ފަހު އެވެ.

ރައްޔިތުންގެ މަޖިލިސް ތުލުސްދޫ ދާއިރާ މިހާރު ތަމްސީލް ކުރައްވަމުން އަންނަ ރޮޒެއިނާއަކީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހާޒިރީ އެންމެ ދަށް މެމްބަރުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ މެމްބަރެކެވެ.

roz

މީދޫ ދާއިރާގެ އުފަން ކެންޑިޑޭޓުންނާ ވާދަކޮށް ރޮޒެއިނާ މޮޅުވެފައިވާ އިރު އެއީ ދާއިރާ އަށް ނިސްބަތް ނުވެ އައްޑޫން ހޮވުނު ހަމައެކަނި މެމްބަރު ވެސް މެ އެވެ. އަދި އޭނާއަކީ އައްޑޫގެ ފުރަތަމަ އަންހެން މެމްބަރު ވެސް މެ އެވެ.