Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

ޤާނޫނު ނަގަހައްޓަން ރައީސް ފަސްނުޖެހޭނެ: ސަމީރު

ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު --- ފޮޓޯ: ރައީސް އޮފީސް

ޤާނޫނު ނަގަހައްޓާ ތަންފީޒުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފަސްނުޖެހޭނެ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ސަމީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ ވެރިކަމުގެ ތާރީހުގައި ވެސް އެއްވެސް ކަމެއްގައި ތަފާތު ކުރުމެއް ނެތި އަނިޔާވެރި ނުވެ، މިހާ އަމާން އޮމާން އޯގާތެރި ވެރިކަމެއް ރައީސް ސޯލިހް ކުރައްވާތަން ދުށުމަކީ ބައެއް ބޭފުޅުންގެ ހިތަށް ކުޅަދާނަ ކަމަކަށް ނުވާނެ ކަމަށެވެ.

އަދި ޤާނޫނު ނަގަހައްޓާ ތަންފީޒުކުރުމަށް ރައިސް ފަސްނުޖެހޭނެ ކަމަށް ސަމީރު ވިދާޅުވިއެވެ.

އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ނާޒިމް ސައްތާރު ހައްޔަރު ކުރުމުން އެކަމުގައި ރައިސް މުހައްމަދު ނަޝީދުގެ ނުރުހުން ވަނީ ރައީސް ސޯލިހަށް އަމާޒުވެފައެވެ. އަދި ރައީސް ސޯލިހާ ގުޅޭގޮތުން ބޮޑެތި ތުހުމަތުތަކެއްވެސް ކުރައްވާފައިވެއެވެ.