Last Updated: July 28, 18:24
Tuesday, July 28, 2026
ޚަބަރު

ޝެއިހް ނިޝާން ބަންދުގެ އިސްތިއުނާފު އަޑުއެހުން މާދަމާ

ގަލޮޅު ދަނޑުގައި ޔޯގާގެ ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ ހިންގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި ޝެއިހް އާދަމް ނިޝާން ބަންދު ކުރި މައްސަލައިގެ އިސްތިއުނާފު އަޑުއެހުން މާދަމާ ހައިކޯޓުގައި ތާވަލު ކޮށްފިއެވެ.

ޝެއިހް ނިޝާން ބަންދު ކުރި މައްސަލައިގެ އިސްތިއުނާފު އަޑުއެހުން ހައިކޯޓުގައި ތާވަލު ކޮށްފައިވަނީ މާދަމާ މެންދުރު 11:15 އަށެވެ.

މިމައްސަލައިގައި ޝެއިހް ނިޝާންއާއެކު ހައްޔަރު ކުރި ޝެއިހް ފަޒްލޫން ބަންދު ކުރި މައްސަލަވެސް ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އެހެންނަމަވެސް ޝެއިހް ފަޒްލޫން މިހާރު ހުރީ ބަންދުން ދޫކޮށްލާފައެވެ.

ޔޯގާ ދުވަސް ފާހަގަރަން މާލޭގައި ބޭއްވި ހަރަކާތުގެ ތެރެއަށް ބަޔަކުވަދެ ހަމަނުޖެހުން ހިންގާ އެތަނުގައި ހުރި ތަކެއްޗަށް ގެއްލުންދީ މީހުންނަށް ހަމަލާދީފައިވާއިރު، މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގުކުރަމުން އަންނަ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.