Last Updated: April 26, 23:59
Friday, April 26, 2024
ރިޕޯޓް އެމްޑީޕީ

ނުފެތޭނެ ކަމަށް ބުނި އޮޑި، ގިރިއަކަށް އަރަައި ފެތެނީ

ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ސިޔާސީ ޕާޓިއަކީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީއެވެ. ރާއްޖޭގެ ސިޔާސީ ހަޔާތުގައި މިފަހުގެ ތާރީހުގައި އެމްޑީޕީއަކީ އެންމެ ކާމިޔާބު ޕާޓީވެސްމެއެވެ.

އެމްޑީޕީއާ ގުޅޭގޮތުން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެލައްވާ ވާހަކަފުޅެއްއޮވެއެވެ. "މި އޮޑިއެއް ނުފެތޭނެ. މި އަޒުމެއް ނުގުޑާނެ" އެވެ.

ރައީސް ނަޝިދު ނުފެތޭނެ ކަމަށް ވިދާޅުވި އޮޑި ކިތަންމެހާވެސް ގަދަ ކަނޑުތަކެއްގައި ދަތުރުކޮށްފިއެވެ. ކުޑަކޮށް ދިޔަވެލި ނަމަވެސް އޮޑި ނުފެތި ސަލާމަތްވެއެވެ. އެހެންނަމަވެސް މިފަހަރު އެ އޮޑިގޮސް މިއެރީ އާދައިގެ ގިރިއަކަށް ނޫނެވެ. މި ގިރީގައި ޖެހި އެމްޑީޕީގެ ސަރުކާރާއި އެމްޑީޕީވެސް މި އޮތް ފެތެނީއެވެ.

އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް ސޯޝަލްމީޑިއާގައި ލީކުވިއިރު، އޭގެން ފެންނަންތިބީ އާދައިގެ ބައެއް ނޫނެވެ. މިކަމުގެ ތެރޭގައި ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ހައްޔަރު ކުރުމުން ރައިސް ނަޝީދު ތުހުމަތު ކުރެއްވީ ސިޔާސީ ބޭނުމަކަށް ހައްޔަރު ކުރެއްވިީ ކަމަށެވެ. ހައްޔަރު ކުރުމަށް ކޯޓު އަމުރު ހޯދުމަށްވެސް ފުރަތަމަ ފަހަރު އެދިގެން އަމުރު ނުލިބުނު ކަމަށާއި، ދެވަނަ ފަހަރަށް އެދިގެން އަމުރު ހޯދުނީ ސަރުކާރުން ވަކި ގާޒީއަކު ލައްވާ އެކަން ކުރުވުމުން ކަމަށް ތުހުމަތު ކުރެއްވިއެވެ.

200 އެތައް ބައެއްގެ ވީޑިއޯ އަދި ސަރުކާރާ އެހެންވެސް އިދާރާތަކުގެ އެތައް ބައެއްގެ ވީޑިއޯ ހުރި ކަމަށް ބުނެވޭއިރު، އެންމެ ތިން މީހަކު މިމައްސަލައިގެ ތެރެއިން ހައްޔަރު ކޮށްގެން އުޅުމުން، ރައީސް ނަޝީދުގެ ފަރާތުން މިފަދަ ތުހުމަތުތަކެއް ރައިސް ސޯލިހާއި ދިމާއަށް ދަމީކަމަށް ވެދާނެއެވެ.

ކޮންމެއަކަސް ރައިސް ނަޝީދު، ރައީސް ސޯލިހަށް ކުރައްވާ ތުހުމަތަކީވެސް ކުޑަ ތުހުމަތެއް ނޫނެވެ. ރައީސް ސޯލިހްގެ ފޮޓޯތަކެއް ހުރި ކަމަށް ކުރައްވާ ތުހުމަތެވެ. ޒިނޭއާއި ރާބުއިމާއި ކޮރަޕްޝަންގެ ތުހުމަތެވެ.

ގިރިއެއްގައި ޖެހި ސިޔާސީ ގޮތުން މިކުރެވޭ ތުހުމަތުތަކާއެކު އެމްޑީޕީގެ އޮޑި ފެތިދާނެ ކަމަށް ވަރަށްގިނަ ބަޔަކު ގަބޫލުކުރެއެވެ. ރައްޔިތުންގެ މެދުގައި އެމްޑީޕީގެ ވެރިންގެ އަގު ވެއްޓިއްޖެ ކަމަށްވަރަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.