ރައީސްގެ މަގާމުން މުހައްމަދު ނަޝީދަށް އިސްތިއުފާ ދެއްވަން ޖެހިވަޑައިގަތީ ވެސް މިހާރު ދިމާވެގެން އުޅޭ ފަދަ ކަންކަމާ ދިމާވެ، ގައުމު ކޮންޓްރޯލްނުވެގެން ކަމަށް ކެޕްޓަން ރިޓަޔާޑް އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
އޭނަ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަޝީދާއި އެ މަނިކުފާނުގެ ބައިވެރިންގެ ދުލުން އެ މީހުންގެ އަަސްލު މިހާރު ފާޅުކުރަން ފަށާފައިވާ ކަމަށެވެ. ރައީސް ނަޝީދު ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މައްޗަށް ޒިނޭކުރުމާއި ރާ ހިއްޕަވާކަމުގެ ތުހުމަތު ކުރައްވައިފަ އެވެ.
2012 gai mifadha ethah kameh dhimaave qaumu control nuve RN isthiufa dhehvvi. Eyru furaana athah laigen uniformga khidhumaiyy kurimeehunnai Aailaathakah 10 aharu ulhen jehunee “Baaghee” tag ga. Miadhu Allah RN aai baiveringe aslu emyhunge dhulun faalhukurahvvaifi.
— Ali Ihusaan (@ali_ihusaan) July 30, 2022
ނަޝީދު އެފަދަ ތުހުމަތުތަކެއް ކުރެއްވީ ކޮއްކޮ ނާޒިމް ސައްތާރު އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކުރުމުން ކޯފާ އިސްކުރައްވައި ރައީސަށް ދެއްވަން ފެއްޓެވި ބަހުގެ ހަމަލާތަކާ އެކީގަ އެވެ.
ނަޝީދުގެ އަމަލުތަކާއި ބަސްމަގު މިހާރު ހުރި ގޮތަށް އިޝާރާތްކުރައްވައި އިހުސާން ވިދާޅުވީ 2012 ގައި ވެސް މިފަދަ އެތައް ކަމެއް ދިމާވެ، ނަޝިދަށް ގައުމު ކޮންޓްރޯލް ނުވެ އިސްތިއުފާ ދެއްވީ ކަމަށެވެ.
"އޭރު ފުރާނަ އަތަށް ލައިގެން ޔުނިފޯމްގައި ހިދުމަތްކުރި މީހުންނާއި އާއިލާތަކަށް ދިހަ އަހަރު އުޅެން ޖެހުނީ ބާގީ ޓެގްގައި،" އޭނާ ވިދާޅުވި އެވެ. "މިއަދު ނަޝީދާއި ބައިވެރިންގެ އަސްލު އެ މީހުންގެ ދުލުން ފާޅުކުރައްވައިފި."