ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކިބައިގައި އެއްވެސް އަހުލާގެއް ނެތް ކަމަށާއި ހުންނެވި ހުރިހާ މަގާމުތަކުން ވަކިވާން ޖެހޭ ކަމަށް ޝެއިހް އަލީ ޒައީދު ވިދާޅުވެއްޖެ އެވެ.
ކޮއްކޮ ނާޒިމް ސައްތާރު އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކުރުމުން އެކަން ސިޔާސީ ކަމަކަށް ހެދުމާއި ނަޖިސް އަމަލުތައް ދިފާއުކުރުމާއި ގަޒްފުކުރުން ފަދަ ކަންކަމާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކުން ނަޝީދު އެއްވެސް މަގާމަކަށް ކުފޫ ހަމަނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ލިވާތަކީ ސިޔާސީ ކަމެއްކަމުގައި ހެދުމާ މި ނަޖިސް ޢަމަލު ދިފާޢު ކުރުމާ، ގަޒްފުކުރުމާ، މިކަހަލަ އެތައް ކަމެއް ފެނިފައިވުމުން މިހިނދުން މި ހިނދަށް މަޖިލިސްގެ ރައީސްކަމުންނާއި، މެންބަރުކަމުންނާއި، MDP އިން އޭނާ ވަކިކުރުމަށް MDP އަށް ގޮވާލަން! އަޚްލާގެއް ހަމަ އެއްވެސްވަރަކަށް ނެތް.
— Ali Zaid (@alizaid1000) July 29, 2022
"މިކަހަލަ އެތައް ކަމެއް ފެނިފައިވަުމުން މި ހިނދުން މި ހިނދަށް މަޖިލިސްގެ ރައީސްކަމުންނާއި، މެންބަރުކަމުންނާއި، އެމްޑީޕީން އޭނާ ވަކިކުރުމަށްގޮވާލަން! އަހުލާގެއް ހަމަ އެއްވެސް ވަރަކަށް ނެތް." ޒައިދު ވިދާޅުވި އެވެ.
ކޮއްކޮ ހައްޔަރުކުރުމުން ނަޝީދު ވިދާޅުވެފައި ވަނީ އެކަމަކީ ސަރުކާރުގައި ތިބި ހަރުކަށި ފިކުރުގެ މީހުން ރުއްސަންކުރި ކަމެއް ކަމަށެވެ. އަދި އެކަމާ ކޯފާ އިސްކުރައްވައި އެ މަނިކުފާނު ފަހުން ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ބޮލުގައި ޒިނޭ އާއި ބަނގުރާ ހިއްޕަވާކަމުގެ ތުހުމަތު އަޅުވައިފަ އެވެ. އަދި އެ ތުހުމަތުތަކާ ގުޅިގެން ރައީސަށް ތާއީދުކުރާ އެމްޑީޕީގެ އެތައް ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ.