Last Updated: June 11, 21:26
Thursday, June 11, 2026
ޚަބަރު

ސިޔާސީ ލީޑަރުން އަޚްލާގަށް ރައްކާތެރިވާންޖެހޭ: އިމްރާން

މިނިސްޓަރު އިމްރާން އަބްދުﷲ- ފޮޓޯ: ރައީސް އޮފީސް

ހުރިހާ ސިޔާސީ ލީޑަރުންވެސް އަޚްލާގަށް ރައްކާތެރިވާންޖެހޭކަމަށް އަދާލަތު ޕާޓީގެ ލީޑަރު އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން ކުރެއްވި ޓްވީޓްގައި ވިދާޅުވީ ސިޔާސީ ވިސްނުމާއި މަސައްކަތުގައި ކިތަންމެ ހިޔާލު ތަފާތުވިނަމަވެސް ދީނީ ގޮތުންނާއި ދުނިޔެވީގޮތުން ހިފަހައްޓަންޖެހޭ ހަމަތަކާއި އަޚްލާގަށް ރައްކާތެރިވުމަކީ ހުރިހާ ސިޔާސީ ލީޑަރުން ވިސްނަންޖެހޭ ކަމެއް ކަމަށެވެ.

އިމްރާން މިފަދައިން ޓްވީޓް ކުރައްވާފައި މިވަނީ ރައީސް މުހައްމަދު ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާ އެމްޑީޕީގެ ގްރޫޕަކަށް ފޮނުވި މެސެޖްތަކެއް ލީކުވެފައިވަނިކޮށެވެ.

އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ނާޒިމް ސައްތާރު ހައްޔަރު ކުރުމުން އެކަމުގައި ރައިސް މުހައްމަދު ނަޝީދުގެ ނުރުހުން ވަނީ ރައީސް ސޯލިހަށް އަމާޒުވެފައެވެ.