Last Updated: June 11, 21:26
Thursday, June 11, 2026
ޚަބަރު

ރައީސް ސޯލިހް ވަރުގެ ކެއްތެރި ލީޑަރަކު ނެތް: އަހުމަދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހުރިފަދަ ކެއްތެރިކަން ހުރި އެހެން ސިޔާސީ ލީޑަރެއް ނުފެންނަ ކަމަށް ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަހުމަދު އަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ ހަލަބޮލިކަމާއި ޒާތީ ހަސަދައިގެ ތެރޭގައި، ބަދަލުހިފުމެއް ނެތި ކެއްތެރިކަމާއެކު ރައީސް ސޯލިހް ކުރިއަށް ވަޑައިގެންނެވިނަމަވެސް އެ ކެއްތެރިކަންހުރި އެހެން ލީޑަރެއް ނުފެންނަ ކަމަށެވެ.

2023 ގައި އޮންނަ ރިޔާސީ އިންތިހާބަށް އެންމެ ރަނގަޅު ކެނޑިޑޭޓަކީ ރައީސް ސޯލިހް ކަމަށްވެސް އަހުމަދު އަބްދުﷲ ވިދާޅުވިއެވެ.

އެމްޑީޕީގެ ތެރޭގައި މިހާރު އުފެދިފައިވާ ހަލަބޮލިކަމުގައި ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސް ސޯލިހަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ. އަދި މިކަމާ ގުޅިގެން ރައީސް ނަޝިދު މަޖިލީހުގެ ރައީސް ކަމުން ވަކިކުރުމަށް އެމްޑީޕީގެ ބައެއް މެމްބަރުން އަންނަނީ ގޮވާލަމުންނެވެ.