ގައުމުގެ އެންމެ ބޮޑު ގައްދާރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް އެމްއެންޕީގެ ލީޑަރު އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިފަދައިން ވިދާޅުވީ ރައީސް ޔާމީން މިއަދު ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވައެވެ.
އެގޮތުން ނާޒިމް ވިދާޅުވީ ގައުމުގެ އެންމެ ބޮޑު ގައްދާރަކީ ޔާމީން ކަމަށެވެ. އެގޮތުން ޔާމީންގެ ވެރިކަމުގައި ކޮރަޕްޝަނާއި ވައްކަމާއި ރިޝްވަތާއި އިދިކޮޅު ސިޔާސީ ލީޑަރުން ހައްޔަރުކުރި ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި ދައުލަތުގެ ބާރުތަކުގެ ބާރުވެސް ޔާމީން ކަނޑުވާލި ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ނާޒިމް ވިދާޅުވީ ވަތަނީ ލީޑަރަކީ ތިމަންނާއޭ ރައީސް ޔާމިން ވިދާޅުވާއިރު، ވެރިކަން ދިނުމުން ރައްޔިތުންނާއި ސިޔާސީ ލީޑަރުން ޖަލަށްލާ، ގައުމުގެ ފައިސާ ގެއްލުވާލާ، މުޅި ދުނިޔެއާއި ޖެހިގަންނަ ވަތަނީ ލީޑަރެއް ރާއްޖެއަށް ބޭނުން ނުވާކަމަށވެެ. އަދި ގައުމަށް ބޭނުންވަނީ ތާހިރު އުޅުން ހުރި ވަތަނީ ލީޑަރެއް ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
Who is the biggest traitor for the nation none other than Pres. Yameen! Your administration was covered in filth; bribery, theft, fraud, jailing whole opposition and crippling the state institutions. So, who is the biggest traitor for the nation? Still you claim as a patriot? https://t.co/dls4Af9YEn
— Col(rtd)Mohamed Nazim MP (@nazim7878) July 31, 2022
މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމު މިހާރު އޮތް ހާލަތަށް ގައުމު ވައްޓަވާލެއްވުމުގައި ބައިވެރިވެވަޑައިގެން މިހާރު "ތަންކޮޅެއް" ދުރުގައި ތިއްބެވިޔަސް ގާސިމާއި ނާޒިމް ފަދަ ބޭބޭފުޅުންނަކީ ގައުމަށް ގައްދާރުން ކަމަށެވެ.