Last Updated: August 18, 10:12
Thursday, August 18, 2022
ޚަބަރު

މިނީ ބަހުގެ ހިދުމަތް އަތޮޅުތަކުގައި ފަށައިފި

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ދަށުން އެމްޓީސީސީން ރާއްޖޭގެ ތިން އަތޮޅެއްގައި މިނީ ބަހުގެ ދަތުރުތައް އިއްޔެ ފަށައިފި އެވެ.

އެގޮތުން އައްޑު އާއި ފުވައްމުލަކާއި ލ. އަތޮޅުގައި ހިދުމަތް ފެށި އިރު، ދެ ހަފުތާ ވަންދެން މިނީ ބަހުގެ ހިދުމަތް މުޅިން ހިލޭ ލިބޭނެ އެވެ. އެމްޓީސީސީން ކުރިން ވެސް ނިންމާފައި އޮތީ މިނީ މިނީ ބަހުގައި ސްކޫލް ކުދިންނާއި ހާއްސަ އެހީ އަށް ބޭނުންވާ މީހުންނާއި އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ހިލޭ ހިދުމަތް ދިނުމަށެވެ.

މިނީ ބަހުގެ ހިދުމަތަށް ތިން އަތޮޅަށް 24 ބަސް ފޮނުވީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ. އެގޮތުން އައްޑު އަށް 12، ލ. އަތޮޅަށް 7 އަދި ފުވައްމުލަކަށް 5 ބަސް ފޮނުވާފައިވެ އެވެ.

އާރްޓީއެލްގެ ބަހުގެ ހިދުމަތަކަށް ފުރަތަމަ ގެނައީ 36 ބަހެވެ. މީގެ ތެރެއިން 12 ބަސް ބޭނުން ކުރަނީ މާލޭގަ އެވެ.