ބެހިގެން އަންނަ ޖަނަވާރުތަކަށް ގޯނާ ނުކުރުމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިން އިލްތިމާސް ކޮށްފިއެވެ.
އީޕީއޭއިން މިފަދައިން ބުނެފައިވަނީ އައްޑޫ ހިތަދޫ ފަޅުތެރެއިން ސީލްއެއް ފެނުމާ ގުޅިގެންނެވެ.
އެ އެޖެންސީން ކޮށްފައިވާ ޓްވީޓްގައި ބުނެފައިވަނީ، ރާއްޖެއަށް އެކި ފަހަރު މަތިން ބެހިގެން އަންނަ ސީލްފަދަ ޖަނަވާރު ހިފަންއުޅެ، މިފަދަ ދިރުންތަކަށް އުނދަގޫކޮށް، ގޯނާއެއްވާ އެއްވެސް އަމަލެއް ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި މިބާވަތުގެ ސީލް އަކީ އިންސާނުންނަށް ނުރައްކާތެރި ޖަނަވާރެއްނޫންކަމަށްވެސް އީޕީއޭއިން ބުނެފައިވެއެވެ.
ރާއްޖެއަށް އެކި ފަހަރު މަތިން ބެހިގެން އަންނަ ސީލްފަދަ ޖަނަވާރު ހިފަންއުޅެ، މިފަދަ ދިރުންތަކަށް އުނދަގޫކޮށް، ގޯނާއެއްވާ އެއްވެސް އަމަލެއް ނުކުރުމަށް މި އެޖެންސީއިން އިލްތިމާސް ކުރަމެވެ. އަދި މިބާވަތުގެ ސީލް އަކީ އިންސާނުންނަށް ނުރައްކާތެރި ޖަނަވާރެއްނޫންކަން ފާހަގަކުރަމެވެ. pic.twitter.com/3evClphCC3
— EPA Maldives (@EPAMaldives) August 1, 2022
ހިތަދޫ ފަޅުތެރެއިން ސީލްއެއް ފެނުނު އިރު، 2006 ގައި ހަންކެޑެ ސަރަހައްދަށް ވެސް ސީލްއެއް ލައްގާފައިވެއެވެ.