Last Updated: June 11, 21:26
Thursday, June 11, 2026
ޚަބަރު

ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް އޮފީހުގެ ވެރިއަކަށް ހިސާން

މުހައްމަދު ހިސާން އަލީ ފަހްމީ (ހިސްކޮ) (ވ) - ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޮމިއުނިކޭޝަންސް އޮފީސް ހިންގުން މުހައްމަދު ހިސާން އަލީ ފަހްމީ ހިސްކޮއާ ހަވާލުކޮށްފިއެވެ.

ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިޕާޓްމެންޓްގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވި އިބްރާހިމް ހޫދު ވިދާޅުވީ ކޮމިއުނިކޭޝަންސް ޑިޕާޓްމަންޓްގެ ވެރިއެއްގެ ގޮތުގައި މިއަދުން ފެށިގެން މަސައްކަތް ކުރާނީ ހިސާން ކަމަށެވެ.

ހިސާންއަކީ ރައީސް އޮފީހުގައި އަންޑަރ ސެކްރެޓެރީގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. އަދި ހޫދަކީ ރައީސް އޮފީހުގެ ފޮރިން ރިލޭޝަން ޑިޕާޓްމަންގެ އިސްވެރިޔާއެވެ.

ރައީސް އޮފީހުގެ ސްޕޯކްސްޕާސަންގެ މަގާމުވެސް މީގެކުރިން ހުދު އަދާކުރައްވާފައިވެއެވެ. އެ މަގާމުގައި މިހާރު ހުންނެވީ މުހައްމަދު މަބްރޫކް އަޒީޒެވެ.