ރައީސް އިބްރާހީމް މުހައްމަަދު ސޯލިހް މިހާރު އިންޑިއާ އަށް ކުރައްވާ ދަތުރުގެ ތެރެއިން އެ ގައުމުގެ އެހީގައި އަޅާ ތިލަމާލެ ބްރިޖްގެ އަމަލީ މަސައްކަތް މިއަދި ފަށައިފި އެވެ.
އެ މަސައްކަތް ފަށާފައި ވަނީ މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެގޮތުން ރައީސް ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތު ބާވާފައި ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އިންޑިއާގަ އާއި މާލޭ އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދުގަ އެވެ.
#Livestream: Joint press statement by the Maldivian and Indian governments https://t.co/8SAEOsgNcv
— The President's Office (@presidencymv) August 2, 2022
މި ރަސްމިއްޔާތުގެ އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދުގައި ބޭއްވި ހަފުލާގައި ނައިބު ރައީސް ފައިސަލް ނަސީމާއި ދައުލަތުގެ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އިރު، ރައީސާއި މޯދީ ބައިވެރިވެވަޑައިގެންނެވީ ވާޗުއަލްކޮށެވެ.
🇮🇳🇲🇻| A partnership bound by the waves of the Indian Ocean, underpinned by close historical and cultural ties.
PM @narendramodi and President @ibusolih of Maldives reviewed the progress in our bilateral ties and discussed ways to further deepen the special partnership. pic.twitter.com/DY9eCEGSwa
— Arindam Bagchi (@MEAIndia) August 2, 2022
ބްރިޖުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން، މިއަދު ވަނީ ރާއްޖޭގައި ބްރިޖުގެ ތަނބެއްގެ ކޮންކްރީޓް އަޅައިފަ އެވެ. މި ބްރިޖަކީ މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލައި ގްރޭޓާ މާލެ ބްރިޖު ޕްރޮޖެކްޓްގެ ދަށުން މާލެ އާއި ވިލިމާލެއާ ދެމެދު އަޅާ ބްރިޖެވެ.
For deeper ties and wider possibilities!
PM @narendramodi welcomes President @ibusolih of Maldives, a key partner in India’s #NeighbourhoodFirst Policy. pic.twitter.com/FhB76BFvwh
— Arindam Bagchi (@MEAIndia) August 2, 2022
މި ބްރިޖްގެ މަޝްރޫއަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ހޭދަވާނެ އެވެ. މި މަޝްރޫއަށް ސަރުކާރުން އިންޑިއާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ނަގާފައިވެ އެވެ. އަދި އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި 100 މިލިއަން ޑޮލަރު ޕްރޮޖެކްޓަށް ހޭދަކުރެ އެވެ.
ޖުމްލަ 6.7 ކިލޯމީޓަރުގެ ތިލަމާލެ ބްރިޖްގެ މަސައްކަތާ ހަވާލުވެފައި ވަނީ އިންޑިއާގެ އެފްކޮންސް އިންސްފްރާސްޓްރަކްޗާ ލިމިޓެވެ.