Last Updated: June 11, 21:26
Thursday, June 11, 2026
ޚަބަރު

ހަނިމާދޫ މަގުތަކުގައި ތާރު އަޅައި ނިމިއްޖެ

ހދ. ހަނިމާދޫ މަގުތަކުގައި ތާރުއަޅާ ނިންމާލައިފިއެވެ.

އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފައިވަނީ ހދ. ހަނިމާދޫ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން، މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. މިގޮތުން، 46,466 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމުގެ މަސައްކަތް ކުރެވިފައިވާ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން، 16,518 އަކަ މީޓަރުގެ ހިނގާ ސަރަޙައްދެއް ޤާއިމުކުރުމާއި، 38,916 އަކަ މީޓަރުގެ ދުއްވާ ސަރަޙައްދެއް ޤާއިމުކުރުމާއި، 19,679.7 އަކަ މީޓަރުގެ ސަރަޙައްދެއްގައި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ހަނިމާދޫ މަގު ހެދުމުގެ މަޝްރޫއަކީ 76.09 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.