Last Updated: June 11, 21:26
Thursday, June 11, 2026
ޚަބަރު

ލ. އަތޮޅުން އައްޑު އަށް ވައިޓް އެލާޓް

މޫސުން ގޯސްވެ ރާއްޖޭގެ ދެކުނަށް ވައިޓް އެލާޓް ނެރެފިއެވެ.

މެޓް އެފީހުން ވައިޓް އެލާޓް ނެރެފައިވަނީ ލ. އަތޮޅުން ފެށިގެން އައްޑޫސިޓީއާއި ދެމެދުގެ ހިސާބުތަކަށެވެ. އެ ހިސާބުތަކަށް ވައިޓް އެލާޓް ނެރެފައިވަނީ ހެނދުނު 10:30 އިން ފެށިގެން ހަވީރު 16:30އާ ހަމައަށެވެ.

މެޓް އޮފީހުން ބުނެފައިވަނީ މިވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓް އޮފީހުން ބުނެފައިވެއެވެ.

ރާއްޖެ ސަރަހައްދުގެ މޫސުން ގޯސް މިދުވަސްވަރު އަންނަނީ އެކި ހިސާބުތަކަށް އެލާޓްތައް ނެރެމުންނެވެ.