ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ ކޮމިއުނިޓީ ފަންޑުގެ ދަށުން އެހީ ލިބޭ ޕްރޮޖެކްޓްތައް ހޮވައިފިއެވެ.
އެގޮތުން މިއަހަރުގެ ދެވަނަ ކުއާޓަރގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 5 ޕްރޮޖެކްޓް ބީއެމްއެލްއިން ވަނީ ހޮވައިފައެވެ.
މި ގޮތުން ހޮވުނު ފަސް ޕްރޮޖެކްޓައް:
1) މަސްކެނޑުމަށް ހާއްސަ ތަނެއް ގާއިމްކުރުން – އއ. ހިމަންދޫ، ޕްރޮޖެކްޓް ހުށަހެޅީ ކްލަބް ނިއު ފްރެންޑްސް
2) ބޮޑުފޮޅުދޫ ސްކޫލުގައި އާރްއޯ މެޝިން، ފެން ޑިސްޕެންސަރ ބެހެއްޓުން – އއ. ބޮޑުފޮޅުދޫ، ޕްރޮޖެކްޓް ހުށަހެޅީ ރިވޮލޫޝަނަރީ ބޮޑުފޮޅުދޫ ޖެނެރޭޝަން
3) މަސްކެނޑުމަށް ހާއްސަ ތަނެއް ގާއިމްކުރުން – ހދ. ނޭކުރެންދޫ، ޕްރޮޖެކްޓް ހުށަހެޅީ ނޭކުރެންދޫ ޑިވެލޮޕްމަންޓް
4) ޕްރީ ސްކޫލު ޕާކު ތަރައްގީ ކުރުން – އދ. ފެންފުށި، ޕްރޮޖެކްޓް ހުށަހެޅީ ފެންފުށި ޒުވާނުންގެ ދިރުން
5) މަސްކެނޑުމަށް ހާއްސަ ތަނެއް ގާއިމްކުރުން – ދ. ހުޅުދެލި، ޕްރޮޖެކްޓް ހުށަހެޅީ ހުޅުދެލި އައިލެންޑް ސޯޝަލް އެންޑް ސްޕޯރޓްސް އެސޯސިއޭޝަން
ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބީއެމްއެލްއިން ކުރިއަށް ގެންދާ ފަންޑެކެވެ.
މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 70 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ފޯރުކޮށްދީފައިވެއެވެ. ކޮމިއުނިޓީ ފަންޑުގެ ދަށުން މިއަހަރު އިތުރު 10 ޕްރޮޖެކްޓް އަށް އެހީތެރިކަން ފޯރިކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.