Last Updated: June 11, 20:32
Thursday, June 11, 2026
ޚަބަރު

ރައީސް ސޯލިހް މުމްބާއީ އަށް ވަޑައިގެންފި

ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންޑިއާއަށް ކުރައްވަމުން ގެންދައވާ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ މުމްބާއީއަށް ވަޑައިގެންފިއެވެ.

މިއީ ރައީސް ސޯލިހް އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގެ އެންމެ ފަހުގެ މަންޒިލެވެ.

ރައީސް ސޯލިހް މުމްބާއީއަށް ވަޑައިގެން މަހާރަޝްތުރަގެ މޭޔަރާއި ބައްދަލުކުރައްވައި، މުމްބާއީ ސްޓޮކް އެކްސްޗޭންޖަށް ޒިޔާރަތްކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ޖަވާހިރް ލާލު ނެހުރޫ ޕޯޓް ޓްރަސްޓަށް ޒިޔާރަތްކުރައްވައި، އެތަނުގެ މެނޭޖްމެންޓާއި ބައްދަލު ކުރައްވައި މަސައްކަތްތައް ހިނގާނުހިނގާ ގޮތްވެސް ބައްލަވާލައްވާނެއެވެ.

މީގެއިތުރުން މުމްބާއީގައިވެސް ބިޒްނަސް ފޯރަމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް އޮގަސްޓް މަހުގެ 1 ވަނަ ދުވަހުން 4 ވަނަ ދުވަހުގެ ނިޔަލަށް ކުރައްވާ ދަތުރުފުޅެކެވެ.