ވ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް މިއަދު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ އިން އެ އެލާޓް ނެރެފައި ވަނީ ހެނދުނު 9:00 އިން ފެށިގެން މެންދުރު ފަހު 3:00 އާ ހަމައަށެވެ. އެ ވަގުތުގެ ތެރޭގައި ބޯކޮށް ވާރޭ ވެހި، ގުގުރައި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.
ޖޫން މަހުގެ ތެރޭގައި ރާއްޖެ އަށް މޫސުން ގޯސްވި ގޮތަށް މޫސުން އަދިވެސް އެއްކޮށް ރަނގަޅެއް ނުވެ އެވެ. އެގޮތުން ރާއްޖޭގެ އެ ހިސާބުތަކަށް ވިއްސާރަކުރާތާ މިހާރު ދެ މަހެއްހާ ދުވަސްވެފައިވެ އެވެ.