ޅ. ނައިފަރު ފެނުގެ ނިޒާމުގެ މަސައްކަތް ނިންމާ ޓެސްޓުކޮށްފިއެވެ.
އެމްޑަބްލިއުއެސްސީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަސައްކަތް ނިންމާ ޓެސްޓު ކުރުމާއި ކޮމިޝަން ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ މަހު 19 އިން 22 ވަނަ ދުވަހާ ދެމެދު ކަމަށް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީން މައުލޫމާތުދެއެވެ.
ހައުސިން މިނިސްޓްރީން ބުނެފައިވަނީ ނައިފަރުގައި ގާއިމްކުރި ފެނުގެ ނިޒާމުގެ ދަށުން އެ ރަށުގެ 1510 ގެއަކަށް ފެނުގެ ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށެވެ.
އެގޮތުން، ދުވާލަކަށް 100 ޓަނުގެ ފެން އުފައްދާ ދެ R ޕްލާންޓް އާއި ފެން ރައްކާ ކުރުމަށް 1300 ކިއުބިކް މީޓަރުގެ ޓޭންކެއް ގާއިމުކޮށް ޓެސްޓުކޮށްފައިވެއެވެ.