Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

އިދިކޮޅުން ބާއްވަނީ "ހަވާލޭ ވަތަން" ޖަލްސާ

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ ޓިކެޓް ހަވާލުކުރާ ޖަލްސާ ބާއްވާނީ "ހަވާލޭ ވަތަން" ގެ ނަމުގައި ކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ.

މި މަހުގެ 19 ވަނަ ދުވަހުގެ ރޭ މި ޖަލްސާ ބާއްވަން ހަމަޖެހިފައި ވަނީ ކާނިވާ ސަރަހައްދުގައި ރޭގަނޑު 8:30 ގަ އެވެ. އިދިކޮޅު ކޯލިޝަން ބުނީ ކުލަގަދަ ޖަލްސާއެއް ބާއްވަން މަސައްކަތްކުރަމުން އަންނަ ކަމަށާއި މި ޖަލްސާގައި އަތޮޅު ތެރެއިން ބައިވެރިވާން ބޭނުންވާ ޕީޕީއެމާއި ޕީއެންސީގެ ހުރިހާ މެމްބަރުންނަށް ވެސް އެ ފުރުސަތު އެބަ އޮތް ކަމަށެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޯލިޝަނުން ބުނީ ޖަލްސާގެ ހާއްސަ ދައުވަތުގެ އެ ޖަލްސާގެ ކޯލް ސެންޓަރުން ޕާޓީގެ ސްޓިއަރިން ކޮމިޓީގެ މެންބަރުންނަށާއި ކައުންސިލް މެންބަރުން އަދި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް ފޮނޮވުމުގެ ކަންކަން ކުރަމުން ގެންދާ ކަމަށެވެ.

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރަން ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރައީސް ޔާމީނަށް ދޭން ނިންމީ ޕްރައިމަރީއަކާ ނުލައި ދެ ޕާޓީގެ ސެނެޓް މެމްބަރުންގެ އިއްތިފާގުންނެވެ.