Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

އަލަމްގީރާ ގުޅުން ހިންގުމުގައި ޓީޗަރެއް!

ގިނަ އަދަދެއްގެ ދިވެހިންތަކަކާ އެކީ އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ހައްޔަރުކޮށްފައިވާ ބަންގްލަދޭޝްގެ އެމްޑީ އާލަމްގީރް އިތުރު ބަޔަކާ އެކީ ގުޅުން ހިންގީ ވީޑިއޯއެއް ލީކްވެއްޖެ އެވެ.

އޭނަގެ އާ ވީޑިއޯ ލީކްނުވާތާ ގިނަ ދުވަސްތަކެއް ފަހުން ރޭ އާންމުވި ވީޑިއޯއެއްގައި ފެންނަނީ ދެ މީހަކާ އެކީ "ތުރީސަމްއެއް" ގައި އުޅޭ ވީޑިއޯއެކެވެ. ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭގެ ތެރެއިން އެކަކީ އިމާދުއްދީން ސްކޫލްގެ ޓީޗަރެކެވެ. އޭނަގެ ވަނަވަރު ވެސް ސޯޝަލް މީޑިއާގެ ބައެއް ގްރޫޕްތަކުގައި ފޮޓޯއާ އެކު އާންމުކޮށްފައިވެ އެވެ.

ގިނަ ބަޔަކާ އެކީ ގުޅުން ހިންގި މައްސަލާގައި އަލަމްގީރް، 25، ހައްޔަރުކުރީ މިދިޔަ މަހުގެ 12 ގަ އެވެ. އަދި މިދިޔަ ހަފުތާގައި ވަނީ އޭނާއާ ގުޅުން ހިންގި ބައެއް މީހުން ހައްޔަރު ވެސް ކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރާއި މުހައްމަދު ނަޝީދު (ކާނަލް) ގެ އިތުރުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް (ޑިއީޑީ) ގައި ކުރިން މަސައްކަތްކުރި ސާޖަންޓް އަބްދުއްރަހުމާން ރަފީއު އެވެ.

މި އެންމެން ވެސް ހައްޔަކުރި އިރު، އަލަމްގީރާ އެކު އެ މީހުން ގުޅުން ހިންގާ ވީޑިއޯތައް ވެސް ލީކްވެފައިވެ އެެވެ.

އަޑުތައް އަރާފައިވާ ގޮތުން ވެއިޓަރެއްގެ ވަޒީފާ އަށް 2019 ގައި ރާއްޖެ އައި އަލަމްގީރް މިހާތަނަށް 250 އެއްހާ ދިވެހިންނާ އެކީ އެއްޖިންސުން ގުޅުން ހިންގާފައިވެ އެވެ.