ތައިލޭންޑްގެ ނައިޓްކްލަބެއްގައި ބަޔަކު މަޖާކުރަން ތިއްބައި ރޭ ފަތިހު އެތަނުގައި ރޯވެ މަދުވެގެން 13 މީހަކު މަރުވެ، އެތައް ބަޔަކު ޒަހަމްވެއްޖެ އެވެ.
މީޑިއާތަކުން ބުނި ގޮތުގައި ރޯވި ނައިޓްކުލަބަކީ ބެންކޮކާ 150 ކިލޯމީޓަރު ދުރުގައި އޮންނަ ދެކުނު އިރުމަތީ ތައިލޭންޑްގެ ޗޮމްބޫރީ ޕްރޮވިންސްގައި ހިންގަމުން އައި ތަނެކެވެ. އެތަނުގައި ރޯވި މަންޒަރު ފެންނަ ވީޑިއޯތަކެއް ވެސް ދައުރުވަމުން އަންނަ އިރު، ބައެއް ވީޑިއޯތަކުން މީހުން ހަޅޭއްލަވަމުން ނައިޓްކުލަބުގެ ތެރެއިން ނުކުމުގެން ދުވާ އިރު، ބައެއް މީހުންގެ ހެދުމުގައި އަލިފާން ރޯވެފައިވާ ތަން ވެސް ފެނެ އެވެ.
13 people have died and over 40 have been injured as a result of a heavy fire at a pub in the eastern Thai province of Chonburi.
The incident took place at the Mountain B Pub in the Sattahip district.#Thailand #nightclub pic.twitter.com/wy33y2j2w7— Prateek Pratap Singh (@PrateekPratap5) August 5, 2022
"މައުންޓައިން ބީ" ކިޔާ ނައިޓްކުލަބްގައި ރޯވި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ހަތަރު އަންހެނުންނާއި ނުވަ ފިރިހެނުންނެވެ. ބައެއް މީޑިއާތަކުން ބުނި ގޮތުގައި އެ އެންމެންނަކީ ވެސް ތައިލޭންޑްގެ މީހުންނެވެ.
ނައިޓްކުލަބްގައި ރޯވި އަލިފާންގަނޑު ދެ ގަޑިއެއްހާ އިރު ފަހުން ކޮންޓްރޯލްވި އިރު، ޒަހަމްވި އެތައް ބަޔަކަށް މިހާރު އަންނަނީ ފަރުވާ ދެމުންނެވެ. އަދި ތަން ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައި އަޅިއަށްވެފަ އެވެ. ނަމަވެސް މި ހާދިސާ ހިނގަން މެދުވެރި ސަބަބެއް އަދި ސާފެއް ނުވެ އެވެ. ބައެއް މީޑިއާތަކުން ބުނީ ނައިޓްކުލަބްގައި ރޯވި ކަމަށް ބެލެވެނީ އެތަނުގެ ފާރުގައި ޖަހާފައި ހުރި އެއްޗެހިތަކެއްގައި އަލިފާން ހިފައިގެންނެވެ.
ދެހާސް ނުވައެއްގައި ވެސް ތައިލޭންޑްގެ ނައިޓްކުލަބެއްގައި ރޯވެ 60 މީހުން މަރުވެފައިވެ އެވެ.