Last Updated: April 20, 16:27
Saturday, April 20, 2024
ޚަބަރު

މުހައްމަދު އިސްމާއިލް ދޫކޮށްލައިފި

ގަލޮޅު ދަނޑުގައި އޮތް ޔޯގާގެ ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ ހިންގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި ޕީޕީއެމްގެ ހަރަކާތު ކޮމިޓީގައި އިސްކޮށް އުޅުއްވާ މުހައްމަދު އިސްމާއިލް ބަންދުން ދޫކޮށްލައިފިއެވެ.

މުހައްމަދު އިސްމާއިލްގެ ބަންދު އެންމެ ފަހުން އިތުރު ކޮށްފައިވަނީ ޖުލައި 7 ވަނަ ދުވަހުއެވެ. އެ ދުވަހު އޭނާގެ ބަންދަށް 30 ދުވަސް ޖަހާފައިވެއެވެ.

ޔޯގާ ދުވަހު ގަލޮޅު ދަނޑުކައިރީގައި ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި ބޭނުންކުރި ދިދަތައް ނެރެފައިވަނީ ޕީޕީއެމް އޮފީހުންނެވެ. އަދި އެ ދިދަތައް އެ އޮފީހުން ދޫކުރީ މުހައްމަދު އިސްމާއިލް ކަމަށް ފެންނަ ފޮޓޯތަކެއް ސޯޝަލްމީޑިއާގައި ދައުރުވެފައިވެއެވެ.

މުހައްމަދު އިސްމާއިލް ބަންދުކުރި މައްސަލަ އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބަލައިގަނެފައެއްނުވެއެވެ.