ކަރާއި ހަށިގަނޑުގެ ބައެއް އެހެން ގުނަވަންތަކެއް ވެސް ބުރިކޮށްލައި ރޭ ދަންވަރު މާލޭގެ ގެއެއްގެ ތެރޭގައި އަންހެނަކު މަރާލި މަރާލި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އެ އަންހެން މީހާގެ ލޯބިވެރިޔާކަން ކަށަވަރުވެއްޖެ އެވެ.
ހ. ޝީރީނުވިލާވިލާގެ އެޕާޓްމަންޓެއްގެ ތެރޭގައި ފުވައްމުލަކު މާދަޑު އަވަށު ކުރި، ޝިއާއު މުހައްމަދު ސައީދު މަރާލި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ރާއްޖޭގެ މަޝްހޫރު ސްކޭޓަރެއް ކަމަށްވާ ފ. ނިލަންދޫ، ފިނިފެންމާ ގޭ އަލީ ޝާހިލް، 23، އެވެ. އެވެ. އޭނާ ފުލުހުން ރޭ ހައްޔަރު ކުރީ ވެސް ސީން އިންނެވެ.

ނަމަވެސް މި މަރާ ގުޅިގެން ފުލުހުން މިހާތަނަށް އިތުރު އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ. ފުލުހުންނަށް އެ ހާދިސާގެ ރިޕޯޓް ލިބުނީ ރޭ ދަންވަރު 12:30 ގަ އެވެ.
މާލޭގައި ދިރިއުޅެމުން އައި ޝިއާއު އަކީ މިއުޒިކް ކުޅެމުން އައި ޒުވާނެކެވެ. ނަމަވެސް ލޯބިވެރިޔާ އަނިޔާވެރި ގޮތަކަށް އޭނަ މަރާލި ސަބަބެއް މިހާތަނަކަށް ސާފެއް ނުވެ އެވެ. އެކަމަކު އެ މާރާމާރީ ހިންގީ އެ ދެ މީހުންގެ މެދުގައި ގަދައަށް ޒުވާބުކޮށް ހޫނު އަރައިރުންތަކެއްވުމަށް ފަހު ކަމަށް އެނގިފައިވެ އެވެ.
ޝިއާއު މަރާލާފައި އޮއްވައި ފެނުނު އިރު ބޮލާއި އަތާއި ފައި ވެސް ބުރިކޮށްލާފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ ހަށިގަނޑު މިހާރު އޮތީ ގަލޮޅު މޯޗަރީގަ އެވެ.