Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

އަމްރު ހުރީ ވެމްކޯގެ ބިޒްނެސް ޕްލޭން ހަދައި ދޭން

ކުރިއަށް އޮތް ފަސް އަހަރަށް ވެމްކޯގެ ބިޒްނެސް ޕްލޭން ހަދައި ދޭނެ ބަޔަކު ހޯދަން އެ ކުންފުނިން އިއުލާންކުރުމާ ގުޅިގެން އެކަން ހިލޭ ކޮށް ދެވިދާނެ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.

އޭނާ އެގޮތަށް ވިދާޅުވީ ވެމްކޯގެ ބިޒްނެސް ޕްލޭނާ ބެހޭ ގޮތުން ނޫހެއްގައި ގެނެސްދިން އާޓިކަލެއް ލިންކްކުރައްވައި ކުރެއްވި ޓްވީޓެއްގަ އެވެ.

ރާއްޖޭގައި މިހާރު އެންމެ ފުޅާކޮށް ކުނި މެނޭޖްކުރުމުގެ މަސައްކަތްކުރަމުން އަންނަ ސަރުކާރުގެ ކުންފުނި، ވެމްކޯގެ 2023-2027 ގެ ބިޒްނެސް ޕްލޭން ހަދައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށް އެކަމަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 11 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

ވެމްކޯ އިން ބުނި ގޮތުގައި ކުރިއަށް އޮތް ފަސް އަހަރަށް ބިޒްނަސް ޕްލޭނެއް ހެދުމުގެ މަގުސަދަކީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ކުނި މެނޭޖުކުރުމުގެ ހިދުމަތް އެންމެ ފުރިހަމައަށް ދިނުމެވެ.