ޝިއާއު މުހައްމަދު ސައީދު މަރާލި މައްސަލައިގައި ހައްޔަރު ކޮށްފައިވާ ފ. ނިލަންދޫ، ފިނިފެންމާގެ އަލީ ޝާހިލްގެ ބަންދު އަޑުއެހުން ސިއްރު ކޮށްފިއެވެ.
ޝިއާއު މަރާލި މައްސަލައިގައި ހައްޔަރު ކޮށްފައިވާ ޝާހިލްގެ ބަންދު އަޑުއެހުން ސިއްރު ކޮށްފައިވަނީ ފުލުހުންގެ އެދުމުގެ މަތިން ކަމަށް މައުލޫމާތު ލިބެއެވެ.
މިމައްސަލައާ ގުޅިގެން މިހާތަނަށް ފުލުހުން އެއްވެސް ތަފްސީލެއް ހާމަކޮށްފައެއްނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޝިއާއުގެ ކަރު ބުރިކޮށްލާފައިވާއިރު އަތާއި ފައިވެސް އޮތީ ބުރިކޮށްލާފައެވެ.
ހ. ޝީރީންވިލާގެ ނުވަ ވަނަ ފްލޯގެ އެޕާޓްމަންޓެއްގައި ޝިއާއު މަރާލާފައިވާއިރު، ޝާހިލް ހައްޔަރު ކޮށްފައިވަނީ އެ ސީނުން ކަމަށްވެސް މައުލޫމާތު ލިބެއެވެ.