Last Updated: June 11, 19:13
Thursday, June 11, 2026
ޚަބަރު

ޝަރީއަތް ނިމެންދެން ޝާހިލް ބަންދު ކޮށްފި

ޝިއާއު މުހައްމަދު ސައީދު މަރާލި މައްސަލައިގައި ހައްޔަރު ކޮށްފައިވާ ފ. ނިލަންދޫ، ފިނިފެންމާގެ އަލީ ޝާހިލް ޝަރީއަތް ނިމެންދެން ބަންދު ކޮށްފިއެވެ.

ޝިއާއު މަރާލި މައްސަލައިގައި ހައްޔަރު ކޮށްފައިވާ ޝާހިލްގެ ބަންދު އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު ކޮށްގެންނެވެ.

މިމައްސަލައާ ގުޅިގެން މިހާތަނަށް ފުލުހުން އެއްވެސް ތަފްސީލެއް ހާމަކޮށްފައެއްނުވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޝިއާއުގެ ކަރު ބުރިކޮށްލާފައިވާއިރު އަތާއި ފައިވެސް އޮތީ ބުރިކޮށްލާފައެވެ.

ހ. ޝީރީންވިލާގެ ނުވަ ވަނަ ފްލޯގެ އެޕާޓްމަންޓެއްގައި ޝިއާއު މަރާލާފައިވާއިރު، ޝާހިލް ހައްޔަރު ކޮށްފައިވަނީ އެ ސީނުން ކަމަށްވެސް މައުލޫމާތު ލިބެއެވެ.