Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

ޤާތިލަށް ޙައްޤު އަދަބު ދޭން މައުމޫން ގޮވާލައްވައިފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް - ފޮޓޯ: މިހާރު

ރޭ މާލޭގައި އަނިޔާވެރި ގޮތަކަށް މަރާލި އަންހެން މީހާގެ ގާތިލަށް ހައްގު އަދަބު ދޭންޖެހޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރޭ މަރާލާފައި ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދު، 22 އެވެ. އޭނާގެ މަރާއި ގުޅިގެން އަލީ ޝާހިލް ނަމަކަށް ކިޔާ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ.

މަރުގެ މައްސަލައާ ގުޅިގެން ރައީސް މައުމޫން ވިދާޅުވީ ރޭ މާލޭގައި ހިނގި ރަހުމްކުޑަ މަރުގެ ހާދިސާ އިންތިހާއަށް ކުށްވެރި ކުރައްވާ ކަމަށެވެ. އަދި ގާތިލަށް ހައްގު އަދަބު ދިނުމަކީ ގާނޫނީ ވާޖިބެއް ކަމަށް މައުމޫން ވިދާޅުވި އެވެ.

މިމައްސަލައާ ގުޅިގެން މިހާތަނަށް ފުލުހުން އެއްވެސް ތަފްސީލެއް ހާމަކޮށްފައެއްނުވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޝިއާއުގެ ކަރު ބުރިކޮށްލާފައިވާއިރު އަތާއި ފައިވެސް އޮތީ ބުރިކޮށްލާފައެވެ.

ހ. ޝީރީންވިލާގެ ނުވަ ވަނަ ފްލޯގެ އެޕާޓްމަންޓެއްގައި ޝިއާއު މަރާލާފައިވާއިރު، ޝާހިލް ހައްޔަރު ކޮށްފައިވަނީ އެ ސީނުން ކަމަށްވެސް މައުލޫމާތު ލިބެއެވެ.