Last Updated: April 20, 11:39
Saturday, April 20, 2024
ޚަބަރު

އަލަމްގީރާ އެކީ އިސްލާމިކް މިނިސްޓްރީގެ ވެރިއެއް!

އިސްލާމިކް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ އިބްރާހީމް ރާފިއު (ރާއްޕެ) އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެ އެވެ.

އެ ވީޑިއޯގައި ވެސް ފެންނަނީ ގިނަ އަދަދެއްގެ ދިވެހިންތަކަކާ އެކީ ގުޅުން ހިންގި މައްސަލާގައި ހައްޔަރުކޮށްފައިވާ އެމްޑީ އަލަމްގީރާ އެކީ ގުޅުން ހިންގާ މަންޒަރެވެ. ނަމަވެސް މި ވީޑިއޯގެ މައްސަލާގައި އިސްލާމިކް މިނިސްޓްރީގެ އިސް މަގާމެއްގައި ހުންނެވި ރާއްޕެ އަށް މިހާތަނަށް އެއްވެސް ފިޔަވަޅެއް އެޅި ކަމެއް އަދި ސާފެއް ނުވެ އެވެ. އޭނަ އަކީ މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މުޝީރު ވެސް މެ އެވެ.

ރާއްޕެ އާންމުކޮށް ފާހަގަކުރެވެނީ އެމްޑީޕީގެ ޖަލްސާތަކުގައި ޤުރުއާން ކިޔަވާ މީހެއްގެ ގޮތުގަ އެވެ. ރ. މީދު އަށް އުފަން ރާއްޕެ އަކީ ކުރިން އެ ރަށުގެ ކަތީބުކަން ވެސް ކޮށްފައިވާ މީހެކެވެ.

ގިނަ އަދަދެއްގެ ބަޔަކާ އެކީ އަލަމްގީރް، 25، އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި މިދިޔަ މަހުގެ 12 ގައި ހައްޔަރުކުރި އިރު، އޭނާއާ އެކީ ގުޅުން ހިންގި މީހުންގެ އަދަދު 250 އަށް އަރާ ކަމަށްވެ އެވެ. މީގެ ތެރެއިން ބައެއް މީހުންގެ ވީޑިއޯތައް އާންމުންގެ ތެރެއިން ބައެއް މީހުން ހައްޔަރުކޮށް، ބައެއް މީހުން ތިބި މަގާމުތަކުން ސަސްޕެންޑްކޮށްފައިވެ އެވެ.

އަލަމްގީރާ އެކީ ގުޅުން ހިންގި މީހުންގެ ތެރޭގައި އެކިއެކި މުއައްސަސާތަކުގެ ޒިންމާދާރު މަގާމުގައި ތިބި ގިނަ ބަޔަކު ހިމެނޭކަން ފާހަގަކުރެވެ އެވެ.