Last Updated: April 25, 18:52
Thursday, April 25, 2024
ޚަބަރު

އިޔާޒް ޔުނިވަސިޓީގެ ވަޒީފާ އަށް ނުކުމެއްޖެ

މީގެ އަހަރަކަށް ވުރެ ގިނަ ދުވަސް ކުރިން ގައުމީ ޔުނިވަސިޓީގެ ވަޒީފާ އިން ވަކިކުރި އެތަނުގެ ކުރީގެ އެސިސްޓެންޓް ޕްރޮފެސަރުގެ މަގާމު އަދާކުރެއްވި ޑރ. މުހައްމަދު އިޔާޒް އަލުން އަނެއްކާ ވެސް އެ މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގެންނެފި އެވެ.

ދިރާސީ އާ އަހަރާ ވެސް ދިމާކޮށް އިޔާޒް އަލުން އެމްއެންޔޫގެ ވަޒީފާ އަށް ނުކުންނަން ފެއްޓެވި އިރު، ވަޒީފާ އިން ވަކިކުރި މައްސަލަ ވަޒީފާއާ ބެހޭ ޓްރިބިއުނަލް އަށް ހުށަހެޅުމުން އޭނާއާ އެއްކޮޅަށް އެ މައްސަލަ އެތަނުން ނިންމައި އިޔާޒަށް އަލުން ވަޒީފާދޭން އެންގީ މިދިޔަ ޖޫން މަހުގެ 20 ގަ އެވެ.

އެ މައްސަލައިގައި އެތަނުން ނިންމީ އިޔާޒް މަގާމުން ވަކިކުރީ ގޯސްކޮށް ކަމަށްވާތީ ކުރިން ލިބެމުން އައި މުސާރައާ އެކީ އެކު ހަތް ދުވަހުގެ ތެރޭގައި ވަޒީފާ އަނބުރާ އަލުން ދިނުމަށެވެ.

އޭނާ ގައުމީ ޔުނިވަސިޓީން ވަކިކުރީ ޖުލައި 1، 2021 ގަ އެވެ. އިޔާޒް މަގާމުން ވަކިކުރީ އަންހެން ކުދިން ހިތާނުކުރުމަށް ހިތްވަރުދީ ކުރެއްވި ޓްވީޓެއްގެ މައްސަލައެއްގަ އެވެ.