Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

ވީޑިއޯގެ މައްސަލައިގައި ރާއްޕެ މަގާމުން ވަކިކޮށްފި

ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރްއާ އެއްޖިންސުން ގުޅުން ހިންގާ ވީޑީއޯއާ ގުޅިގެން ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ މުޝީރު އިބްރާހިމް ރާފިއު (ރާއްޕެ) މަގާމުން ވަކިކޮށްފިއެވެ.

ރާފިއު ކަމަށް ބެލެވޭ މީހަކު އަލަމްގީރްއާއެކު އެއްޖިންސުން ގުޅުންހިންގާ ވީޑިއޯއެއް ސޯޝަލްމީޑިއާގައި ލީކް ކޮށްލާފައިވަނީ މިއަދުއެވެ.

މި ވީޑިއޯ އާންމުވުމުގެ ކުރިން ރާފިއު މަގާމުން ވަކިކޮށް ފިޔަވަޅު އަޅާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރްއާ އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް ސޯޝަލްމީޑިއާގައި މިފަހުން ލީކްވާން ފެށިއިރު އޭނާއާއެކު އެއްޖިންސުން ގުޅުންހިންގި މީހުންގެ އަދަދު 250 އަރާކަމަށް މައުލޫމާތުލިބެއެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަަލައިގައި ހަތަރު މީހަކު މިވަގުތު ތިބީ ފުލުހުންގެ ހައްޔަރުގައެވެ. އެއީ ނާޒިމް ސައްތާރާއި މުހައްމަދު ނަޝީދު (ކާނަލް)، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ގައި މަސައްކަތްކުރި ސާޖަންޓް އަބްދުއްރަހުމާން ރަފީއު އަދި ނޫސްވެރިޔާ އަބްދުﷲ ނަސީރުއެވެ.

މީގެއިތުރުން އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ގިނަ ބަޔަކު ވަނީ އެމީހުންގެ މަގާމުތަކުން ސަސްޕެންޑްވެސް ކޮށްފައެވެ. އެހެންނަމަވެސް އިތުރު ބަޔަކު ހައްޔަރު ކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައެއް ނުވެއެވެ.