Last Updated: April 20, 14:49
Saturday, April 20, 2024
ޚަބަރު

އިއުތިރާފުގެ ބަދަލުގައި ހެއްކާއި ގަރީނާއިން ކުށް ސާބިތުކުރަން ގޮވާލައިފި

ރައީސް މުހައްމަދު ނަޝީދު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އިއުތިރާފް ބަޔާނުގެ ބަދަލުގައި ހެއްކާއި ގަރީނާއިން ކުށް ސާބިތުކުރުން މުހިންމު ކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން ރައީސް ނަޝީދު ވިދާޅުވީ، މައްސަލައެއްގައި ތުހުމަތު ކުރެވޭ މީހާގެ އިއުތިރާފު ބަޔާނުގެ މައްޗަށް ކުށް ސާބިތުކުރާނަމަ އަބަދުވެސް ހިލާފު އުފެދޭނެ ކަމަށެވެ.

މިހާރު އަމަލުކުރަމުން އަންނަ ޤާނޫނުއަސާސީން ގެންނަން އެދުނު އެންމެ ބޮޑު ބަދަލަކީ އިއުތިރާފު ބަޔާން ނަގަން ނުޖެހުން ކަމަށާއި، އަދި ހެއްކާއި ގަރީނާއިން ކުށް ސާބިތު ކުރުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެކުރިންވެސް ރައީސް ނަޝީދު ވަނީ މިމައްސަލައި ވާހަކަ ދައްކަވާފައެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ކުށުގެ ތުހުމަތުގައިވާ މީހާ ތަހުގީގުގައި ކުށަށް އިއުތިރާފުވާން ބޭނުންކަމަށް ބުނެފިނަމަ، އެމީހަކާއެކު އިއުތިރާފް އެއްބަސްވުމެއް ހެދުމުގެ އިހްތިޔާރު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ލިބިގެންވެއެވެ.