Last Updated: April 27, 10:17
Saturday, April 27, 2024
ޚަބަރު

ރާއްޕެ ރާއްޖެ އަކު ނެތް

އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ވަޒީފާ އިން ވަކިކުރި އިސްލާމިކް މިނިސްޓްރީގެ މުވައްޒަފު އިބްރާހީމް ރާފިއު (ރާއްޕެ) ހުރީ ރާއްޖޭން ބޭރުގައިކަން އެނގިއްޖެ އެވެ.

އޭނާ މި ވަގުތު ހުރީ ސްރީ ލަންކާގަ އެވެ. އެނގިފައިވާ ގޮތުގައި ރާއްޕެ ލަންކާ އަށް ދިޔައީ ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރާ އެކީ ގުޅުން ހިންގި މީހުންގެ މައްސަލައިގެ ތަހުގީގުކުރަމުން އަންނަ އިރު، އޭނާ ވެސް އޭގެ ތެރޭގައި ހިމެނޭކަން ފުލުހުންގެ ތަހުގީގަށް އެނގުމާ ގުޅިގެންނެވެ.

އެކަމަކު ރާއްޕެ ރާއްޖޭގައި ނެތްކަން އެނގުނީ އެ މައްސަލާގައި މިއަދު ވަޒީފާ އިން ވަކިކުރުމުން ތަހުގީގަށް ޕާސްޕޯޓް ހިފަހައްޓަން ފުލުހުން ބެލި އިރު އެވެ.

އެމްޑީޕީގެ އެކްޓިވިސްޓެއްގެ ގޮތުގައި މަޝްހޫރު އަދި ރ. މީދު އަށް އުފަން ރާއްޕެ މަގާމުން ވަކިކުރި އިރު އޭނާ ހުރީ އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގާ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މުޝީރުގެ މަގާމުގަ އެވެ.