އެމެރިކާގެ މަޝްހޫރު މޮޑެލް ޖިޖީ ހަޑީޑް ފުރަތަމަ ސޯލޯ ކްލޯތިން ލައިން ލޯންޗްކުރަން ތައްޔާރުވެއްޖެ އެވެ.
މިހާރު ދުނިޔޭގެ އެންމެ ނުފޫޒު ގަދަ އަންހެން މޮޑެލުންގެ ތެރޭގައި ހިމެނޭ 27 އަހަރުގެ ޖިޖީގެ ފުރަތަމަ ސޯލޯ ކްލޯތިން ލައިން ލޯންޗްކުރަން އުޅޭ ވާހަކަ އިންސްޓަގްރާމްގައި ވެސް ބުނެފައިވެ އެވެ. އެކަމަކު މިއާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ނުދެ އެވެ. އެހެންވެ އެ ލޯންޗްކުރާނެ އިރަކާއި އުފެއްދުންތައް ވިއްކާނެ އަގުތަކެއް ވެސް އަދި ނޭނގެ އެވެ.
އަމިއްލަ ސޯލޯ ކްލޮތިން ލައިނެއް ލޯންޗްކުރާ އިރު ޖިޖީ އަކީ ފެޝަން ކުންފުނި، "ގެސްޓް އިން ރެޒިޑެންސް" ގެ ބާނީގެ އިތުރުން ކްރިއޭޓިވް ޑިރެކްޓަރެވެ. އެ ބްރޭންޑްގެ ދަށުން އަންހެނުންނަށް އެކި ސްޓައިލްގެ އަދި އެކި މުނާސަބަތުތަކާއި އެކި މޫސުންތަކަށް ހާއްސަ ހެދުންތަކެއް ނެރޭނެ އެވެ.
ޖިޖީ ފެޝަންގެ ވިޔަފާރީގެ ތެރެއަށް ނުކުތް އިރު އޭނަ އާއި އިނގިރޭސިވިލާތުގެ ލަވަކިޔުންތެރިޔާ ޒޭން މާލިކަށް އަންހެން ދަރިއަކު ވެސް ލިބިފައިވެ އެވެ. އެއީ މިހާރު އެއް އަހަރު ކާއީ ހަޑީޑް މާލިކެވެ. ޖިޖީ އަކީ މަޝްހޫރު މޮޑެލް ބެލާ ހަޑީޑް، 25، ގެ ދައްތަ އެވެ.