Last Updated: July 28, 17:54
Tuesday, July 28, 2026
ޚަބަރު

މެމްބަރު ޝަރީފްގެ ބައްޕާފުޅު އަވަހާރަވެއްޖެ

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް - ފޮޓޯ: މަޖިލިސް

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފްގެ ބައްޕާފުޅު، މޫސަ ވަޖްދީ އަވާހަރަވެއްޖެ އެވެ.

ޝަރީފް މިރޭ ވިދާޅުވީ މަރަދޫ ރައްޔިތުންގެ ލޯތްބާއި އިޙްތިރާމް ހޯއްދަވާފައިވާ އަދި އެމަނިކުފާނު ނުހަނު ލޯބިވާ ބައްޕާފުޅު މޫސާ ވަޖްދީ މިރޭގެ ވަގުތެއްގައި އަވަހާރަވެފައިވާ ކަމަށެވެ.

ޝަރީފްގެ ބައްޕާފުޅު އަވާހަރަވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވަނީ ޝަރީފްގެ އާއިލާގެ ބޭފުޅުންނަށް ތައުޒިޔާ ދަންނަވާފަ އެވެ.