Last Updated: July 28, 13:59
Tuesday, July 28, 2026
ޚަބަރު

ގައުމުގެ ހާލަތު ބަދަލުކުރާނީ އަމިއްލަ އަށް: އިމްރާން

މިނިސްޓަރު އިމްރާން އަބްދުﷲ- ފޮޓޯ: ރައީސް އޮފީސް

ގައުމުގެ ހާލަތު ބަދަލުކުރާނީ އެ ގައުމެއްގެ ބަޔަކު އަމިއްލައަށް ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ލީޑަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ގައުމެއްގެ ހާލަތު ރަނގަޅުވާނީވެސް ނުވަތަ ނުބައިވާނީވެސް އެ ގައުމެއްގެ ބަޔަކު އަމިއްލައަށް ހާލަތު ބަދަލުކުރުމުން ކަމަށެވެ.

ރާއްޖޭގައި އިސްލާހު ކުރުމަށް ހުރި ކަންކަން ވަރަށް ގިނަ ކަމަށް އިމްރާން ވިދާޅުވިއެވެ. އެހެންނަމަވެސް އެކަންކަން އިސްލާހު ކުރުމަށް މަސައްކަތް ކުރަނީ ކިތައް މީހުންތޯ އިމްރާން ސުވާލު އުފައްދަވާފައިވެއެވެ.

މި ޓްވީޓް އިމްރާން ކުރައްވާފައިވާއިރު މިވަނީ މިފަހުން ސިޔާސީ ވަރަށް ގިނަ ޓްވީޓްތައް އިމްރާން ކުރައްވާފައިވެއެވެ.