Last Updated: July 28, 13:59
Tuesday, July 28, 2026
ޚަބަރު

ހައްލަކީ އިސްލާމީ ޝަރީއަތް ޤާއިމުކުރުން: ޝިޔާމް

އަހުމަދު ޝިޔާމް - ފޮޓޯ: މަޖިލިސް

ބޮޑެތިކުށްތަކަށް އޮތް ހައްލަކީ އިސްލާމީ ޝަރީއަތް ޤާއިމުކުރުން ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޮޑެތިކުށްތައް އާއްމުވަނީ ޤާނޫނު ނެތިގެން ނުވަތަ ޤާނޫނު ހަރުކަށި ނުވެގެނެއް ނޫން ކަމަށެވެ.

ބޮޑެތި ކުށްތައް އާންމު ވަނީ ވެރިންގެ އިޚުލާސްތެރިކަން ނެތުމުން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"ތަޙުޤީގީ އިދާރާތަކުން ފެށިގެން މުޅިނިޒާމުވަނީ ކޮރަޕްޓުވެފައި. ހޯދާ ހެއްކާ، ހެކި ހޯދާގޮތާ ޗެއިން އޮފް ކަސްޓަޑީ ދުވަހަކު ފުރިހަމަނުވޭ." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މިކަމަށް އޮތް ހައްލަކީ އިސްލާމީ ޝަރީއަތް ޤާއިމުކުރުން ކަމަށެވެ.

މިފަހުން މާލޭގައި އަނިޔާވެރިގޮތަކަށް މަރާލާފައިއޮތް އަންހެނެއް ފެނުމުން އެކަމުގައި ހަރުކަށި އަދަބުދިނުމަށް ގޮވާލާ ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އަޑުއުފުލަމުންނެވެ.