Last Updated: June 11, 18:22
Thursday, June 11, 2026
ޚަބަރު

ދިއްދޫގައި ހައުސިން ޔުނިޓް އަޅަން އެސްޖޭއާ ހަވާލުކޮށްފި

ހއ. ދިއްދޫގައި ހައުސިން ޔުނިޓް ގާއިމު ކުރުމުގެ މަސައްކަތް އެސްޖޭ ކޮންސްޓްރަކްޝަންއާ ހަވާލު ކޮށްފިއެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ހއ. ދިއްދޫގައި 75 ހައުސިން ޔުނިޓް ގާއިމު ކުރުމުގެ މަޝްރޫއަސް ހަރަދު ކުރަނީ 2022 ވަނަ އަހަރުގެ ޕީއެސްއައިޕީ ބަޖެޓުންނެވެ.

އެސްޖޭއަށް މި މަސައްކަތް ހަވާލު ކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި ނިންމާގޮތަށް، 120،405،400.00 ރުފިޔާއަށެވެ.

މިމަޝްރޫއުގައި ހިމެނެނީ 700 އަކަފޫޓުގެ ދެ ބުރީގެ 75 ރޯހައުސެވެ. ޔުނިޓްގައި ހިމެނެނީ 3 ކޮޓަރި، 3 ފާޚާނަ، ސިޓިން ރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯ ރޫމެވެ. މި ހައުސިން ޔުނިޓްތައް ގާއިމުކުރާ ސަރަހައްދުގައި ޕާރކަކާއި ވެހިކަލް ޕާރކް ކުރާނެ ސަރަހައްދެއް ގާއިމު ކުރެވިގެންދާނެކަމަށް ޕްލޭނިން، ހައުސިން އެންޑް އިންްފްރާސްޓްރަކްޗަރ މިނިސްޓްރީން މައުލޫމާތުދެއެވެ.