Last Updated: June 7, 13:44
Sunday, June 7, 2026
މުނިފޫހިފިލުވުން

"އަހަރެން ބައްޔެއް ނޫން"

އިންޑިއާގެ ރަން އަޑުގެ ވެރިޔާ އަދި ދުނިޔޭގެ އެތައް ގައުމެއްްގެ އެތައް ބައެއްގެ މަގުބޫލްކަން ހޯދާފައިވާ އެފަދަ ދެވަނައެއް ނެތް ލަވަ ކިއުންތެރިޔާ ލަތާ މަންގޭޝްކަރު އުޅެނީ ވަރަށް ބަލިކޮށް ކަމަށާއި އޭނާގެ ހާލު ރަނގަޅު ނޫން ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތައް ލަތާ ދޮގުކޮށްފި އެވެ.

ޓްވިޓާ މެދުވެރިކޮށް އުމުރުން 84 އަހަރުގެ ލަވަކިއުންތެރިޔާ ބުނީ އޭނާގެ ސިއްހީ ހާލު މުޅިން ބަރާބަރު ކަމަށާއި އެއްވެސް މައްސަލައެއް ނޫޅޭ ކަމަށެވެ.

"އަހަރެންގެ ސިއްހީ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށް ވާހަކަތަކެއް އެބަ ދެކެވޭ. އެކަމަކު ބުނެލަން އޮތީ ތިޔަ ހުރިހާ އެންމެންގެ ހެޔޮ ދުއާ އާއި ލޯތްބާ އެކު އަހަރެންގެ ހާލު ހަމަ މުޅިން ރަނގަޅު ކަމަށް." ލަތާގެ ޓްވީޓްގައިވެ އެވެ.

jhjnkn

ލަތާ އޭނާގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން ޓްވީޓްކޮށްފައި މި ވަނީ ބައެއް ފޭނުން، ލަތާ ބަލި ކަމަށް ބުނެ އޭނާ އަށް ހެޔޮ ދުއާކޮށް ޓްވީޓް ކުރުމާ ގުޅިގެންނެވެ. ލަތާއަކީ ޓްވިޓާގައި ވަރަށް ހަރަކާތްތެރި ފަންނާނެކެވެ.

ޑައިރެކްޓަރު މަދުރް ބަންދާކަރު އާއި ޓީވީ ސިލްސިލާ "ސާސް ބީ ކަބީ ބަހޫތީ" އިން ގިނަ ބައެއްގެ މަގުބޫލްކަން ހޯދި ބަތަލާ އަދި މިހާރު ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ސްމިރިތީ އިރާނީ (ތުލްސީ) ވަނީ އެފަދަ ދޮގު ހަބަރުތައް ނުފެތުރުމަށް އެދި ޓްވީޓްކޮށްފަ އެވެ.

އެ މީހުން ބުނެފައި ވަނީ ލަތާގެ ހާލު ރަނގަޅު ކަމަށާއި އެފަދަ ދޮގު ވާހަކަތައް ފެތުރުމަކީ ހިތާމަ ހުރި ކަމެއް ކަމަށެވެ.

ލަތާއަކީ އެތައް ހާސް ލަވައެއް ރެކޯޑްކޮށްގެން ދުނިޔޭގެ ރެކޯޑް ފޮތުން ވެސް ޖާގަ ހޯދާފައިވާ ފަންނާނެކެވެ.