ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް 8 ބޭފުޅުން ކުރިމަތިލައްވައިފިއެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަނުން ބުނެފައިވަނީ ކްރިމިނަލް ކޯޓުގު ޤާޟީކަމު މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައި ކޮށްފައިވާ އިއުލާނުގެ ސުންގަޑި ހަމަވިއިރު އެ މަގާމަށް ކުރިމަތިލައްވާފައި ވަނީ 8 ބޭފުޅުން ކަމަށެވެ.
ގާޒީ ކަމަށް ކުރިމަތިލެއްވި ބޭފުޅުން:
1. އުއްމުކުލްޘޫމް އަބޫބަކުރު / ރަނައުރާގެ، ބ.ހިތާދޫ
2. އިބްރާހީމް އިޙްސާން / އެށެވެލި، ސ.މަރަދޫ
3. އާމިނަތު އަޒްލިފާ / ގުލާބީގެ، ރ.ރަސްގެތީމު
4. މުޙައްމަދު ޢާސިރު / ހެޕީކޯނަރ، ގއ.ކަނޑުހުޅުދޫ
5. ސުލައިމާން މުޙައްމަދު / ނޫރާނީގެ، ޅ.ކުރެންދޫ
6. ރުޝްދުﷲ އިބްރާހީމް / ޖަވާހިރުމާގެ، ބ.މާޅޮސް
7. އަމްޖަދު އަބްދުލްޣަނީ / ސޯސަންމާގެ، ފ.ބިލެތްދޫ
8. ސިޔާމާ މުޙައްމަދު / ދަފްތަރު ނަންބަރު ރސ 13194 މާލެ
ކްރިމިނަލް ކޯޓުގެ ގާޒީ އަކަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 30000.00 ރުފިޔާ ލިބޭއިރު، ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު 15000.00 ރުފިޔާ އަދި ރިސްކް އެލަވަންސްއަށް މަހަކު 3300.00 ރުފިޔާ ލިބެއެވެ. މީގެއިތުރުން ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު ގައިވާ ގޮތުގެ މަތިން މެޑިކަލް އިންޝުއަރެންސް ވެސް ލިބެއެވެ.