ރާއްޖޭގައި ފުރަތަމަ ފަހަރަށް ފޮރިން ސާވިސް އެޑްވައިޒަރީ ބޯޑެއް އެކުލަވާލައިފި އެވެ.
އަލަށް އަމަލުކުރަން ފެށި ފޮރިން ސާވިސް ގާނޫނުގެ ދަށުން އެކުލަވާލި ބޯޑްގައި ހިމެނިވަޑައިގަންނަވަނީ ފަސް މެމްބަރުންނެވެ. މި ބޯޑަކީ ރާއްޖޭގެ ހާރިޖީ ސިޔާސަތާ ގުޅޭ ގޮތުން އެކިއެކި މަސައްކަތްތައް ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށްޓަކައި މިނިސްޓަރަށް ބޭނުންވާ ލަފާ ދިނުމާއި، އަދި މުވައްޒަފުންނާ ގުޅޭ އެހެނިހެން ކަންކަމުގައި ވެސް އޭރަކު ހުންނަވާ ވަޒީރަކަށް ލަފާ ދޭނެ ބޯޑެކެވެ.
Foreign Minister Abdulla Shahid constitutes Foreign Service Advisory Board
📃 Press Release | https://t.co/haXrhhSOkY pic.twitter.com/U5jNByLaqF
— Ministry of Foreign Affairs 🇲🇻 (@MoFAmv) August 10, 2022
ފޮރިން ސާވިސް އެޑްވައިޒަރީ ބޯޑުގެ މެމްބަރުން:
1. އަހުމަދު ލަތީފް/ފޮރިން ސެކްރެޓަރީ
2. އަހުމަދު ރަޝީދު، ކަރަންކާގެ/ށ. މާއުނގޫދޫ (ފޮރިން މިނިސްޓްރީ އަށް 10 އަހަރު ޚިދުމަތް ކޮށްފައިވާ، ޚިދުމަތުގައި ނޫޅޭ މީހެއްގެ ހައިސިއްޔަތުން
3. އާމިނަތު ޝިފާނާ/ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކެޓްރީ (ފޮރިން ސާވިސްގެ އެގްޒެކެޓިވް ސްޓާފުންގެ ގިންތީގެ ތެރެއިން)
4. ޚަދީޖާ ނަޖީހާ، ޖޮއިންޓް ސެކެޓްރީ (ފޮރިން ސާވިސް އިންސްޓީޓިއުޓްގެ އިސްވެރިޔާ)
5. އާމިނަތު ސަމްރާ/ޑެސްކު އޮފިސަ (ފޮރިން ސާވިސް ޖެނެރަލް ސްޓާފުންގެ ގިންތީގެ ތެރެއިން)
As per Foreign Service Act 20/2021, have appointed the 1st Foreign Service Advisory Board:
1.Ambassador Ahmed Latheef @ForeignSecMV
2.Ambassador (rtd) Ahmed Rasheed
3. Ms Aminath Shifana
4. Ms Khadeeja Najeeha
5. Ms Aminath Samra✅representative
✅gender balanced pic.twitter.com/pd4w3L4khG— Abdulla Shahid (@abdulla_shahid) August 10, 2022
ބޯޑް އެކުލަވާލާފައި ވަނީ އިއްޔެ އިން ފެށިގެން އަހަރު ދުވަހަށެވެ.
ފޮރިން ސާވިސް އެޑްވައިޒަރީ ބޯޑާ ބެހޭ ގޮތުން ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވިދާޅުވީ ބޯޑު އެކުލަވާލީ ހުރިހާ ދާއިރާއެއް ތަމްސީލުވާ ގޮތަށް ޖިންސުގެ ހަމަހަމަ ކަމަށް ވެސް އިސްކަން ދީގެން ކަމަށެވެ.