"އަނިޔާ" މާދަމާ ރޭ ސްކްރީނަށް

މި އަހަރު އަޅުވާ ފުރަތަމަ ދިވެހި ފިލްމް "އަނިޔާ" މާދަމާ ރޭ ޕްރީމިއާ ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

އޮލިމްޕަހުގައި ޕްރީމިއާ ކުރާ މި ފިލްމުގެ ޓިކެޓް ވެސް މިހާރު އަންނަނީ ވިއްކަމުންނެވެ.

"އަނިޔާ" އަކީ މަޝްހޫރު ޑައިރެކްޓަރު އަދި އެކްޓަރު އަހުމަދު ނިމާލްގެ ފިރިހެން ދަރިފުޅު ޖުމައްޔިލް ނިމާލް ފިލްމީ ދާއިރާ އަށް ލޯންޗް ކުރާ ފިލްމެވެ.

މި ފިލްމުގައި ޖުމައްޔިލާ އެކު މުހިއްމު ރޯލްތަކުން ނިއުމާ މުހައްމަދާއި އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) ގެ އިތުރުން ފާތުމަތު ފަރީލާ (ފަރީ) ވެސް ފެނިގެން ދާނެ އެވެ.

564611_516035271843515_1307176780_n

ނިމާލް ބުނީ "އަނިޔާ"އަކީ މީގެ އަހަރުތަކެއް ކުރިން އޭނާ ލީޑް ރޯލުން ފެނިގެން ދިޔަ ހިޓް ފިލްމް "ސިޓީ" އާ އެއް ކަހަލަ ފިލްމެއް ކަމަށެވެ.

"އަނިޔާ" ގައި ވެސް ދައްކައި ދެނީ މައިންބަފައިންގެ ލޯބިން މަހުރޫމްވާ ޒުވާނެއްގެ ހަޔާތަށް ދިމާވާ ހާދިސާތަކެވެ.

މާލޭގައި ފިލްމް ޕްރީމިއާ ކުރުމަށް ފަހު، އަތޮޅުތެރޭގައި ވެސް ފިލްމް ދައްކަން ނިންމާފައިވާ ކަމަށް ނިމާލް ބުންޏެވެ.