Last Updated: July 28, 13:59
Tuesday, July 28, 2026
ޚަބަރު

މިއަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާ މާދަމާ އަންނަނީ

މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަަދަދު މާދަމާ އެއް މިލިއަނަށް އަރާނެއެވެ.

އެމްއެމްޕީއާރްސީން ބުނެފައިވަނީ މިއަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާ މާދަމާ ރާއްޖެ އަންނާނެ ކަމަށާއި، އެ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް ތައްޔާރުވެފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ ރާއްޖެ އިޝްތިހާރުކުމުގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް ދުނިޔޭގެ އެންމެ މަގްބޫލު އެއް މަންޒިލްގެ ގޮތުގައި ރާއްޖެ ދެމެހެއްޓުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

މީގެއިތުރުން ތައްޔިބް ވިދާޅުވީ އެއް މިލިއަން ފަތުރުވެރިން ހަމަކުރެވުނީ ޓޫރިޒަމް ދާއިރާގެ އެންމެން ގުޅިގެން ކުރި މަސައްްކަތުން ކަމަށެވެ.

ސަރުކާރުން މިއަހަރު އަމާޒު ހިފާފައިވަނީ 1.6 މިލިއަން ފަތުރުވެރިން ގެނައުމަށެވެ.