Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

"ސަދަން ކެއާ" ފުލް އޮޕަރޭޝަނަށް

މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އައްޑޫ ހިތަދޫގައި "ސަދަން ކެއާ" ގެ ނަމުގައި ހުޅުވި ކްލިނިކް މިއަދުން ފެށިގެން ފުލް އޮޕަރޭޝަން ގެނެސްފި އެވެ.

އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ފުރަގަހުގައި އޮންނަ މަގުގައި ހުޅުވި މި ކްލިނިކަކީ އައްޑޫގެ މެމްބަރުކަން ކުރިން ކުރެއްވި މުހައްމަދު ރަޝީދު (ހިޔަލީ) އިސްވެ ހުންނަވައިގެން ހުޅުވި ތަނެކެވެ. އެތަން ހުޅުވީ މި އަހަރުގެ ފެބްރުއަރީ މަހުގެ 16 ގަ އެވެ.

މިއަދު ހަވީރު 4:30 އިން ފެށިގެން "ސަދަން ކެއާ" އިން ވަނީ ޖެނެރަލް ކޮންސަލްޓޭޝަން ފަަށައި އެތަނުގެ ހިދުމަތްތައް އާންމުކޮށް ދޭން ފަށައިފަ އެވެ. އެހެންވެ މިހާރު އާންމުކޮށް އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ. އެޕޮއިންޓްމަންޓް ހަދަން ގުޅަން ޖެހޭ ނަމްބަރަކީ 6888585 އެވެ.

ހިޔަލީ ވިދާޅުވެފައިވާ ގޮތުގައި "ސަދަން ކެއާ" ކްލިނިކްގެ ހިޔާލަކީ 2008 ވަނަ އަހަރުން ފެށިގެން ގެންގުޅުއްވަމުން އައި ހިޔާލެކެވެ އަދި އެކަން މިހާރު ހަގީތަކަށްވެ. އާންމުންނަށް ސިއްޖީ ހިދުމަތްތައް ދެވެން ފެސުން ހަގީގަތަކަށްވެގެން ދިޔައީ އޭނަގެ ވިޔަފާރީގެ ހިއްސާދާރުންގެ ފުރިހަމަ އެހިތެރިކަމާ އެކީގައި ކަމަށް ވިދާޅުވި އެވެ.

ހިޔަލީ ވިދާޅުވީ ކްލިނިކް އިތުރަށް ބޮޑުކޮށް ހިދުމަތްތައް ފުޅާ ކުރުމަށް ވެސް ނިންމަވާފައިވާ ކަމަށެވެ. އެގޮތުން ކްލިނިކް ހުރި އިމާރާތުގެ ބާކީ ހުސް ޖާގާގައި އިތުރު ހަ ބުރީގެ އިމާރާތެއް ހަދައި، އެތަނުން އަންހެނުންގެ ހާއްސަ ކްލިނިކެއްގެ ހިދުމަތް ދިނުމަށް ރާވާފައިވާ ކަމަށެވެ.

"ސަދަން ކެއާ" ކްލިނިކުން އެންމެ ފަހުގެ ލެބޯޓަރީ ޓެސްޓު ހެދޭނެ ލެބެއް ގާއިމުކޮށްފައިވާ އިރު، އައްޑޫން މިހާރު ނުހެދޭ ބައެއް ޓެސްޓުތައް ހެދޭނެ އިންތިޒާމު ވެސް އެތަނުގައި ވަނީ ހަމަޖައްސައިފަ އެއެވެ.