Last Updated: July 17, 18:07
Saturday, July 18, 2026
ކުޅިވަރު

އަންހެން ރިލޭ ޓީމުން އަނެއްކާވެސް ގައުމީ ރެކޯޑް އާކޮށްފި

ކޮމަންވެލްތް ގޭމްސްގައި މިއަދު ހަތަރެއް ގުނަ 100 މީޓަރު ދުވުމުން ރާއްޖޭގެ އަންހެން ރިލޭ ޓީމުން ކުރިން ހެދި ގައުމީ ރެކޯޑް މުގުރާލައިފި އެވެ.

މި ފަހަރުގެ ގޭމްސްގައި ވާދަކުރާ އަންހެން ރިލޭ ޓީމުގައި ހިމެނެނީ މަރިޔަމް އަލްހާ، އައިޝަތު ހިމްނާ ހަސަން، ރިފާ މުހައްމަދު އަދި އާމިނަތު ލަޔާނާ މުހައްމަދެވެ. އަންހެން ޓީމުން މި އިވެންޓުން ކުރިން ގައުމީ ރެކޯޑް ހެދީ 49.19 ސިކުންތުން ރޭސް ނިންމައިގެންނެވެ.

އަންހެން ޓީމުން ގައުމީ ރެކޯޑް އާ ކުރީ 48.21 ސިކުންތުން މިއަދު ރޭސް ނިންމައިގެންނެވެ.

މިފަހަރުގެ ގޭމްސްގައި އަންހެނުންގެ 100 މީޓަރާއި 200 ދުވުމުގެ ގައުމީ ރެކޯޑް ހިމްނާ ވަނީ މުގުރާލާފަ އެވެ. އެ ދެ ރެކޯޑް ހިމްނާ މުގުރާލިއިރު، 400 މީޓަރު ދުވުމުގެ ގައުމީ ރިކޯޑް ވެސް މިހާރު އޮތީ ހިމްނާ އަތުގަ އެވެ.